ބަހުރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާ އިން ކޮންމެ ދުވަހަކު ރާއްޖެ އަށް ދަތުރެއް ބާއްވަން ނިންމައިފި އެވެ.
14 އޯގަސްޓް 2021
ބަހުރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާ އިން ކޮންމެ ދުވަހަކު ރާއްޖެ އަށް ދަތުރެއް ބާއްވަން ނިންމައިފި އެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19ގެ ހާލަތުގައި އެ އެއާލައިނުން ދަތުރުކުރާ މީހުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ރާއްޖެ ވެފައި ވާތީ، މާދަމާ އިން ފެށިގެން ޔޫރަޕާއި ގަލްފުގެ ގައުމުތަކާއި ބަހުރެއިނުން ރާއްޖެ އަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެ ކަމަށެވެ.
ގަލްފް އެއާގެ އެކްޓިން ސީއީއޯ ކެޕްޓަން ވަލީދު އަލްއަލާވީ ވިދާޅުވީ ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމީ ޑިމާންޑު ބޮޑުވެގެން ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ހަފުތާގެ ކޮންމެ ދުވަހަކު ދަތުރު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން ގަލްފް އެއާގެ ދަތުރުތައް މެދުކަނޑައިލުމަށް ފަހު، އަލުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ގަލްފް އެއާއިން ވަނީ ރާއްޖެ އަށް 252 ދަތުރުކޮށްފަ އެވެ. މި ދަތުރުތަކުގައި 3،549 ޓޫރިސްޓުން ވަނީ އެ އެއާލައިނުން ރާއްޖެ އައިސްފަ އެވެ.
ގަލްފު އެއާގެ ދަތުރުތައް އަންނަ މަހު ފަށަނީ
ބަހްރެއިންގެ ވަލީއަހްދާ ޒަމީރު ބައްދަލުކުރައްވައިފި
ސައިބަ ސެކިއުރިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ-ބަހުރެއިނާ ދެމެދު ހަތަރު އެއްބަސްވުމެއް
ރައީސް، މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަނީ
ގަލްފް އެއާގެ ދަތުރުތައް ފަށައިފި
ގަލްފް އެއާގެ ފުރަތަމަ ބޯޓު ރާއްޖެ އަތުވެއްޖެ
އުރީދޫ ފަންރަންގައި ކޮލޮމްބޯ ދެކޮޅު ޓިކެޓް ދެނީ
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި