Roadha Mihaaru
ބަހްރެއިންގެ ވަލީއަހްދާ ޒަމީރު ބައްދަލުކުރައްވައިފި

ބަހްރެއިންގެ ވަލީއަހްދާ ޒަމީރު ބައްދަލުކުރައްވައިފި

12 އޯގަސްޓް 2024

ބަހްރެއިނަށް މިހާރު ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމުގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބަހްރެއިނަށް މިހާރު ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމުގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަހްރެއިންގެ ވަލީއަހްދު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ޒަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް ޚަލީފާއަށް ފޮނުއްވި ސިޓީފުޅެއް ވެސް ވަލީއަހްދުއާ ހަވާލު ކުރައްވައިފަ އެވެ.

ސަލްމާން ބިން ހަމަދު އަލް ޚަލީފާއަކީ ބަހްރެއިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ވެސް މެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހުރެއިންގެ ރަސްދަރިކަލުން ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހުރެއިންގެ ރަސްދަރިކަލުން ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އާއި ބަހްރެއިންގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ޒަމީރު ދެއްވި އެވެ.

ޒަމީރުގެ މި ދަތުރަކީ ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށެވެ. އެ ދަތުރުގައި ބަހްރެއިން ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާ ވެސް ޒަމީރު ބައްދަލު ކުރައްވާނެ އެވެ.