Roadha Mihaaru
ހަތް އަހަރުގެ ކުއްޖާގެ ގެއަށް ބޮން އެޅުމުން ވަންނާނެ ތަނެއް ނެތް

ހަލަބުގެ ހަތް އަހަރުގެ ކުއްޖާ ބުނަނީ ގެއަށް ބޮން އެޅުމުން ވަންނާނެ ތަނެއް ނެތް ކަމަށް

28 ނޮވެމްބަރ 2016

ދިމިޝްގު (ނޮވެމްބަރު 28) - ސީރިއާގެ އިރުމަތީގެ ހަލަބު ސިޓީ އަށް ސަރުކާރު ސިފައިންދޭ ހަމަލާތަކުގައި ލިބޭ ގެއްލުންތަކުގެ ތަފްސީލް ސޯޝަލް މީޑިއާ މެދުވެރިކޮށް ދިނުމުގައި އެންމެ ހަރަކާތްތެރި އެކަކަށް އުމުރުން އެންމެ ހަތް އަހަރުގެ ބަނާ އަލާބިދު ވާނެ އެވެ. ހަލަބުގައި ހުރެ ޓްވީޓް ކުރާ އެ ކުއްޖާ، ޓްވިޓާ އިން ފޮލޯ ކުރާ އެތައް ހާސް ބަޔަކު އުޅެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަނާ އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ހަލަބުގައި އޭނާ ދިރިއުޅޭ ގެއަށް ބޮން އަޅައިފި ކަމަށް ބުނެފަ އެވެ.

"މިރޭ އަހަރެމެން ނިދާނެ ތަނެއް ނެތް. ގެއަށް ވަނީ ބޮން އަޅާފައި. އަދި ހުންނަން ޖެހިފައި މިވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ކައިރީގައި. މަރުވަމުންދާ މީހުން އަހަރެންގެ ލޮލުން ދުށިން،" ބަނާ ކުރި ޓްވީޓެއްގައި ވެ އެވެ.

ހަލަބު ސިޓީގެ އިރުމަތިން އިދިކޮޅު ސިފައިންގެ ބާރުގެ ދަށުން ހޮނިހިރު ދުވަހު ހިފި އަވަށުގައި ސަރުކާރު ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ހަލަބު ސިޓީގެ އިރުމަތިން އިދިކޮޅު ސިފައިންގެ ބާރުގެ ދަށުން ހޮނިހިރު ދުވަހު ހިފި އަވަށުގައި ސަރުކާރު ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އެ ކުއްޖާ ކުރިން ކުރި ޓްވީޓެއްގައި ވަނީ އެއީ އޭނާގެ ފަހު ޓްވީޓަށް ވެދާނެ ކަމަށް ބުނެފަ އެވެ. ބޮމުގެ ހަމަލާތައް ދެމުންދާ އިރު އޭނާ ސަލާމަތްވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

"އަހަރެމެން މަރުވީމާ ހަލަބުގައި ތާށިވެފައި ތިބި ދެ ލައްކައެއްހާ މީހުންނާ ވާހަކަ ދައްކާ،" ވަދާއީ ސަލާމް ކުރަމުން ބަނާ ޓްވީޓްކޮށްފައިވެ އެވެ.

ސީރިއާގެ ހަލަބުގެ ސިވިލް ޑިފެންސް ޖަމާއަތެއް ކަމަށްވާ ވައިޓް ހެލްމެޓުގެ ވޮލަންޓިއަރެއް ކަމަށްވާ އިސްމާއިލް ބުނީ އިއްޔެ އަކީ ހަލަބަށް އެންމެ ވަރުގަދަ އަށް ބޮމުގެ ހަމަލާތައް ދިން ދުވަސް ކަމަށެވެ. އަދި އިއްޔެގެ ހަމަލާތަކުގައި އާއްމުންގެ 20 މީހުން މަރުވެފައިވާ ކަމަށާއި މާދަމާ ކަންތައް ވެދާނެ ގޮތަކާ މެދު ބިރު ގަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ހަލަބުގެ އިރުމަތީގެ ހިސާބުތައް އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން އަތުލުމަށް ސީރިއާ ސިފައިން ވަރުގަދަ ހަމަލާތަކެއް ފެށިތާ މިހާރު ދެ ހަފުތާ ވެއްޖެ އެވެ. މި ހަމަލާތަކުގައި މިހާތަނަށް ވަނީ އާއްމުންގެ ގާތްގަނޑަކަށް 225 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަ ކުދިންގެ 27 މީހުން ވެސް ހިމެނެ އެވެ. ހަލަބުގެ އިރުމަތީގެ ހިސާބުތަކުގައި ކާބޯތަކެއްޗާއި ބޭސް ފަރުވާ ނުލިބެ 250،000 މީހުން ތާށިވެފައި ތިބި ކަމަށްވެ އެވެ.

ހަލަބުގެ ހަނގުރާމައާ ގުޅިގެން އާއްމުންގެ އެތައް ބަޔަކު ދަނީ އެ ސިޓީ ދޫކުރަމުން. --ފޮޓޯ:އޭއެފްޕީ

ހަލަބުގެ ހަނގުރާމައާ ގުޅިގެން އާއްމުންގެ އެތައް ބަޔަކު ދަނީ އެ ސިޓީ ދޫކުރަމުން. --ފޮޓޯ:އޭއެފްޕީ

ހަލަބަށް ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި އިދިކޮޅު ސިފައިންގެ އަތް ދަށުން މުހިންމު އަވަށްތައް ސަރުކާރު ސިފައިން މިހާރު ވަނީ ހިފަން ފަށައިފަ އެވެ. ހަލަބު ސިޓީ އަނބުރާ ހޯދުމަކީ ސީރިއާގެ ހަ އަހަރުވީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ.

އެއް ޒަމާނެއްގައި ސީރިއާގެ ވިޔަފާރީގައި މުހިންމު މަރުކަޒެއްގެ ގޮތުގައި ބެލެވުނު ހަލަބު ވަނީ 2012 ވަނަ އަހަރުން ފެށިގެން ދެ ބައިވެފަ އެވެ. އެ ސިޓީގެ އިރުމަތީގެ ހިސާބުތައް ސަރުކާރާ އިދިކޮޅު މީހުންގެ ބާރުގެ ދަށުގައި އޮތް އިރު ހުޅަނގުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ސަރުކާރު ސިފައިންނެވެ.