Roadha Mihaaru
ސީރިއާގެ އިދްލީބަށް ދޭ ހަމާލަތައް ވަރުގަދަކޮށްފި

ސީރިއާގެ އިދްލީބަށް ދޭ ހަމާލަތައް ވަރުގަދަކޮށްފި

10 ސެޕްޓެމްބަރ 2018

އިދްލީބް (ސެޕްޓެމްބަރު 10) - ސީރިއާގެ ދެކުނުގެ އިދްލީބް ޕްރޮވިންސް އަށް ސަރުކާރު ސިފައިންދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިދްލީބް (ސެޕްޓެމްބަރު 10) - ސީރިއާގެ ދެކުނުގެ އިދްލީބް ޕްރޮވިންސް އަށް ސަރުކާރު ސިފައިންދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފި އެވެ.

އިދްލީބުގެ އިތުރުން އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ހަމާ އަށް ވެސް މިއަދު ވަނީ ވައިގެ ހަމަލާތައް ދީފަ އެވެ. އަދި ހެލިކޮޕްޓަރުތަކުން ބެރެލް ބޮން އަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިދްލީބަކީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ސީރިއާގައި އޮތް ހަމައެކަނި ޕްރޮވިންސެވެ.

އިދްލީބް ޕްރޮވިންސްގެ އަލް ހަބީތު ޓައުނަށް ސަރުކާރު ސިފައިން ބޮން އެޅުމުގެ ސަބަބުން އިމާރާތެއް ހަލާކުވެފައި. --ފޮޓޯ:އޭއެފްޕީ

އިދްލީބް ޕްރޮވިންސްގެ އަލް ހަބީތު ޓައުނަށް ސަރުކާރު ސިފައިން ބޮން އެޅުމުގެ ސަބަބުން އިމާރާތެއް ހަލާކުވެފައި. --ފޮޓޯ:އޭއެފްޕީ

ސީރިއާގައި އެހީ ދިނުމުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް އިން ބުނީ ވައިގެ ހަމަލާތައް ވަރުގަދަވުމުން ހަމާ ޕްރޮވިންސްގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މިހާރު އެ ޕްރޮވިންސް ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ވޭތުވެދިޔަ 72 ގަޑިއިރު ތެރޭ ވަނީ ސީރިއާ އާއި ރަޝިޔާ ސިފައިންގެ ހަނގުރާމަ މަތީ ބޯޓުތަކުން 1،060 ފަހަރު ހަމަލާދީފައިވާ ކަމަށެވެ.