Roadha Mihaaru
"ކަޕިލް ޝަރުމާ ޝޯ" 21 އަށް ކަށަވަރު

"ކަޕިލް ޝަރުމާ ޝޯ" މި މަހުގެ 21 އަށް ކަށަވަރު، ފުރަތަމަ މެހުމާނަކީ އަކްޝޭ

17 އޯގަސްޓް 2021

ސޮނީ ޓީވީން ފެބްރުއަރީ މަހުގެ ތެރޭގައި މެދުކަނޑާލި މަގުބޫލު ޝޯ "ދަ ކަޕިލް ޝަަރުމާ ޝޯ" މި މަހުގެ 21 ގައި ފަށާނެކަން ކަށަވަރުކޮށްދީ، ޝޯގެ ފުރަތަމަ އެޕިސޯޑްގެ ރަސްމީ ޕްރޮމޯ އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން ފެބްރުއަރީ މަހުގެ ތެރޭގައި މެދުކަނޑާލި މަގުބޫލު ޝޯ "ދަ ކަޕިލް ޝަަރުމާ ޝޯ" މި މަހުގެ 21 ގައި ފަށާނެކަން ކަށަވަރުކޮށްދީ، ޝޯގެ ފުރަތަމަ އެޕިސޯޑްގެ ރަސްމީ ޕްރޮމޯ އާންމުކޮށްފި އެވެ.

މި މަހު 21 ގައި ޝޯ ފަށާކަން ޔަގީންކޮށްދީފައި މި ވަނީ ސޮނީގެ "އިންޑިއަން އައިޑޮލް" ސީޒަން 12 އާދީއްތަ ދުވަހުގެ ރޭ ނިންމައިލުމާ އެކީގަ އެވެ. އެހެންވެ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ކުރިން އައިޑޮލް ފުރަމުން ދިޔަ ގަޑި ދެން ފުރާނީ "ކަޕިލް ޝަރުމާ ޝޯ" އެވެ.

ހަތް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ޝޯ އަލުން ފަށާ އިރު ފުރަތަމަ އެޕިސޯޑްގެ ހާއްސަ މެހުމާނަކީ އަކްޝޭ ކުމާރެވެ. އެގޮތުން މި މަހުގެ 19 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ބެލް ބޮޓަމް" ޝޯގައި ޕްރޮމޯޓްކުރާނެ އެވެ. އަކްޝޭއާ އެކު ފިލްމުގެ ބައެއް ކާސްޓުން ވެސް ޝޯ އިން ފެންނާނެ އެވެ. އޭގެ ތެރޭގައި ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި ހުމާ ގްރޭޝީ ހިމެނެ އެވެ.

"ދަ ކަޕިލް ޝަރުމާ" އަކީ ސޮނީން ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ގެނެސްދޭ ޝޯއެކެވެ.

މަޝްހޫރު ކޮމީޑިއަން ކަލިޕް ހޯސްޓްކުރާ ޝޯގެ ބައިވެރިންގެ ތެރޭގައި ކްރުޝްނާ އަބީޝެކް، ބާރްތީ ސިންގް، ކިކޫ ޝްރަދާ، ޗަންދަން ޕްރަބާކަރަން، ސުމޯނާ ޗަކްރަބަތީ، އަރްޗަނާ ޕުރާން ސިންގް އަދި އަލަށް ޝޯއާ ގުޅުނު މަޝްހޫރު ކޮމީޑިއަން ސުދޭޝް ލެހެރީ ހިމެނެ އެވެ.