Roadha Mihaaru
އެމްޑީޕީން ހިތްހަމަނުޖެހުންތަކާ އެކު އިލެކްޝަންސަށް

ހިތްހަމަނުޖެހުންތަކާ އެކު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް

28 ނޮވެމްބަރ 2016

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އެ ކޮމިޝަނަށް މިއަދު ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އެ ކޮމިޝަނަށް މިއަދު ހިނގައްޖެ އެވެ.

އެމްޑީޕީން ބުނީ އިލެކްޝަންސް އިން ކަންތައްތައް ކުރަމުން އަންނަ ގޮތާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި އެކަމުގައި ކޮމިޝަންގެ މެމްބަރުންނާ މިއަދު މަޝްވަރާކުރާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އުފުލާ ޝަކުވާތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ދޫނުކުރުމާއި ކައުންސިލް އިންތިހާބު ފަސްކުރަން އުޅުން ހިމެނެ އެވެ.

އެ ޕާޓީގެ އިލެކްޝަންސް ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އީސީގެ މެމްބަރުންްނާ ބައްދަލުކުރެވޭނެކަން ވަނީ އަންގާފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ޕާޓީތަކަށް ފައިސާ ނުދިނުމާއި ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން އުޅޭ އުޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ.

ސަަރުކާރު ހިންގާ ޕީޕީއެމް އަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރަމުން އަންނަކަމަށް ބުނެ އިދިކޮޅު އަދާލަތާއި އެމްޑީޕީން އަންނަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ނުދީ ހިފެހެއްޓުމާއި އިންތިހާބުތަކުގެ ސައްހަކަމާ މެދު ޝައްކުވާ ގޮތަށް އިލެކްޝަންސް އިން އަމަލްކުރަމުން އަންނަކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.