އޮޅުވާލައިގެން ރާއްޖެ އަށް ޓޫރިސްޓުން ގެނެސް މަގުމަތި ކޮށްލި މައްސަލާގައި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
16 އޯގަސްޓް 2021
އޮޅުވާލައިގެން ރާއްޖެ އަށް ޓޫރިސްޓުން ގެނެސް މަގުމަތި ކޮށްލި މައްސަލާގައި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރާއްޖެއަށް އިއްޔެ އައި އިންޑިޔާ ޓޫރިސްޓުންތަކެއްގެ އަތުން ހޮޓަލް ބުކިން ފީގެ ނަމުގައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އެ މީހުން މާލެ މަގުމައްޗަށް ވަނީ ދޫކޮށްލައިފަ އެވެ. ގޮތް ހުސްވެގެން ހެންވޭރުގެ މަގެއްގައި، ކުޑަކުދިންތަކާ އެކު ލަގެޖާއި ދަބަސްތައް އަޅުވައިގެން މަގުމަތީ ތިއްބާ ފުލުހުންނާއި އާންމުން ވަނީ އެ މީހުންނަށް އެހީތެރިވެ ދީފަ އެވެ.
އޮޅުވާލައިގެން ސައްޚަނޫން ހޮޓެލް ބުކިންގ ތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ފަތުރުވެރިއެއްގެ މައްސަލާގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ބިދޭސީ ފަރާތެއް ވަނީ @policemv އާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ މެންދަމު 2:00 ހާއިރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. 1/2
— Mohamed (Hanafy) ?? (@hanafymv) August 16, 2021
އެ މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ޓޫރިސްޓުންގެ މައްސަލާގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ރޭ މެންދަމު 2:00 ހާއިރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަންހެނުންނާއި ކުޑަކުދިން ހިމެނޭ މި ޓޫރިސްޓުންގެ ގްރޫޕަށް، އިމިގްރޭޝަނާއި، ޕޮލިހާއި، ރެޑް ކްރެސެންޓު އަދި ހެޔޮ އެދޭ ފަރާތްތައް ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އޭނާގެ އަނބިކަނބަލުން ވެސް އެހީތެރިވެދެއްވާފައިވާ ކަމަށް ހަނަފީ ވިދާޅުވި އެވެ.
މި ޓޫރިސްޓުންނަކީ ސައުދީ އަރަބިއްޔާއަށް ދިޔުމަށްޓަކައި ރާއްޖޭގައި ކަރަންޓީންގެ ވުމަށް އައި ޓޫރިސްޓުންތަކެކެވެ. އަދި އެ މީހުން ފައިސާ ދައްކާފައި ވަނީ ވެސް މާފުށީ ގެސްޓް ހައުސްއެއްގައި ތިބުމަށެވެ.
އެނގިފައިވާ ގޮތުގައި މިހާރު އެ މީހުންނާ ސަރުކާރުން ހަވާލުވެ، ބޯހިޔާވަހިކަމެއް ވަނީ ދީފަ އެވެ.
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
އިއްޔެ ޑީޕޯޓްކޮށްލި 168 މީހުންނަކީ އިންޑިއާގެ ބައެއް
އިންޑިއާއިން އަންނަ ޓޫރިސްޓުން ނޫން މީހުން ކަރަންޓީނަށް
މަތިންނާއި ކަނޑުމަގުން 490 ބިދޭސީން ފުރުވާލައިފި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
ސީރިއާ އަދި ޖޯޑަން މީހަކު ޑީޕޯޓްކުރަނީ
އިންޑިއާގެ ލޭބަރުންގެ މައްސަލަ އެލްއާރުއޭ އިން ބަލަނީ
ހާލުގައި ޖެހުނީ އިންޑިއާގެ ރެނާޓަސްގެ ލޭބަރުން!
އިންޑިއާގެ ލޭބަރުންތަކެއް ރާއްޖޭގައި ހާލުގައި ޖެހިފައި