ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފި އެވެ.
17 އޯގަސްޓް 2021
ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފި އެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އެއީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން 37 އަހަރުގެ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ދާޅުވީ، މީގެ ތެރެއިން 31 އަހަރު މީހެއްގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ. އަދި އަނެއް ތިން މީހުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ ސްޓޭޝަން މެނޭޖަރު ވެސް ހިމެނެ އެވެ. މީގެ އިތުރުން ހައްޔަރު ކޮށްފައި ވަނީ އެ ޓޫރިސްޓް ހުރި ރިސޯޓުގެ ދެ މުވައްޒަފަކާއި ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފެކެވެ.
ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައި ވަނީ އާދިއްތަ ދުވަހު އެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން 10،000 ޔޫރޯ ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ކޫއްޑޫ އެއާޕޯޓުގެ މެނޭޖަރު
ޓޫރިސްޓެއްގެ ލަގެޖުން 20،000 ޔޫރޯ ވަގަށް ނަގައިފި
ޓޫރިސްޓުގެ އަތުން ފޭރުނު މައްސަލާގައި ދެމީހަކު ހައްޔަރު
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް