Roadha Mihaaru
އަހަރެންގެ ނަމާ ކުޅެން ފުރުސަތެއް ނުދޭނަން: ރޮނާލްޑޯ

އަހަރެންގެ ނަމާ ކުޅެން ފުރުސަތެއް ނުދޭނަން: ރޮނާލްޑޯ

18 އޯގަސްޓް 2021

ޓިއުރިން (އޮގަސްޓް 18) - އޭނާގެ ނަމާ ގުޅުވައި ދޮގު ވާހަކަ ފަތުރަން ފުރުސަތު ނުދޭނެކަމަށް، ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓިއުރިން (އޮގަސްޓް 18) - އޭނާގެ ނަމާ ގުޅުވައި ދޮގު ވާހަކަ ފަތުރަން ފުރުސަތު ނުދޭނެކަމަށް، ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރެއާލް މެޑްރިޑަށް ރޮނާލްޑޯ އަލުން ބަދަލުވާން އުޅޭ ކަމުގެ އަޑުތައް މިދިޔަ ހޮނިހިރު ދުވަހު ފެތުރުނެވެ. އެ ވާހަކަތަކަކީ އޭނާއާ މެދު ކުރެވޭ ބޭއިހުތިރާމެއް ކަމަށް ރޮނާްލްޑޯ ބުންޏެވެ. ރެއާލްގެ ކޯޗް ކާލޯ އަންޗެލޯޓީ ވެސް ބުނީ ރޮނާލްޑޯ ގެންދަން އޭނާ މަސައްކަތް ނުކުރާ ކަމަށެވެ. ޔުވެންޓަސް ދޫކޮށްލަން ނޫޅޭ ވާހަކައެއް ރޮނާްޑޯ ހާމައެއް ނުކުރެ އެވެ.

"އެއީ އަހަންނާއި މި ކަމާ ގުޅުން ހުރި ކްލަބުތަކާއި އެ ކްލަބުތަކުގެ ކުޅުންތެރިންނާއި ކޯޗުންނަށް ވެސް ކުރެވޭ ބޭއިހްތިރާމެއް،" އިންސްޓަގްރާމްގައި ރޮނާލްޑޯ ލިޔެފައިވެ އެވެ.

ރޮނާލްޑޯ ބުނިގޮތުގައި ދޭތެރެދޭތެރެއިން އޭނާގެ ނަން ބޭނުންކޮށްގެން ގިނަ ކްލަބުތަކާއި ތާފަތު ލީގުތަކާ ގުޅުވާއިރު އެއީ ހަގީގަތެއްތޯ ބަލަން އެއްވެސް މީހަކު މަސައްކަތެއް ނުކުރެ އެވެ.

"ދެން އަހަންނަކަށް މަޑަކުން ނުހުރެވޭނެ. އަހަރެންގެ ނަމާ ކުޅޭކަށް ފުރުސަތެއް ނުދެވޭނެ. އަހަރެން ސަމާލުކަން ދީގެން މިހުރީ އަހަރެންގެ ކެރިއާ އަށާއި އަހަންނާ ކުރިމަތިވެފައިވާ ޗެލެންޖްތައް ހުރަސް ކުރުމަށް."

ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. އޭގެ ފަހުން ހިލޭ ޓްރާންސްފާއެއްގައި އޭނާ ބޭނުން ކްލަބަކަށް ބަދަލުވުމުގެ އިހްތިޔާރު ލިބޭނެ އެވެ. އޭގެ ފަހުން ޕީއެސްޖީ އަށް ރޮނާލްޑޯ ބަދަލު ވާނެ ކަމުގެ ވާހަކަތައް މިހާރު ވެސް ވަނީ ފެތުރިފަ އެވެ.

ޕީއެސްޖީ އަށް ބަދަލުވެއްޖެ ނަމަ އެ ޓީމުގައި ރޮނާލްޑޯ ކުޅޭނީ އޭނާގެ ވާދަވެރިޔާގެ ގޮތުގައި ބެލެވޭ ލިއޮނެލް މެސީއާ އެކު އެވެ.