28 ނޮވެމްބަރ 2016
ކުރިއަށް އޮތް ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ފުރުސަތު އޮތުމުގެ ކަންބޮޑުވުން އިދިކޮޅު ޕާޓީތަކުގެ މެދުގައި އެބަ އޮތް ކަމަށާއި އެ ކަންބޮޑުވުން ހަމަ ހަގީގަތުގައި ވެސް އެބަ އޮތް ކަމަށް އިނގިރޭސި ވިލާތުން މިރޭ ބުނެފި އެވެ.
ކުރިއަށް އޮތް ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ފުރުސަތު އޮތުމުގެ ކަންބޮޑުވުން އިދިކޮޅު ޕާޓީތަކުގެ މެދުގައި އެބަ އޮތް ކަމަށާއި އެ ކަންބޮޑުވުން ހަމަ ހަގީގަތުގައި ވެސް އެބަ އޮތް ކަމަށް އިނގިރޭސި ވިލާތުން މިރޭ ބުނެފި އެވެ.
އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރުމަށް ޕީޕީއެމްގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ތެރެއަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ތަދައްހުލް ވެފަ އެވެ.
އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުުގައި އޭނާ ވަނީ އިދިކޮޅު އިއްތިހާދުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ޑޯރިސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ނުދާ މައްސަަލަ އާއި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެއްބަސްވަން. އެންމެ މުހިންމު ކަމަކީ ޑިމޮކްރެސީ ދެމެހެއްޓުން،" ޑޯރިސް ވިދާޅުވި އެވެ.
Heard concerns of @mvopposition that multi-party talks not progressing and local elections may be postponed. We agree - #democracy matters. pic.twitter.com/fAaUNk3oMd
— James Dauris (@JamesDauris) November 28, 2016
އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކުރެއްވި ޓްވީޓް
ސިޔާސީ ޕާޓީތަކާ އެކު މިދިޔަ މަހު މަޝްވަރާތައް ފެށުމަށް ނިންމާފައި އޮތް ނަމަވެސް އެ މަޝްވަރާތައް އަދިވެސް ނުފަށަ އެވެ. ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި އެކަން ލަސްވަނީ ބައެއް ޕާޓީތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ. އެހެންކަމުން، ހުރިހާ ޕާޓީތަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ގޮވާލާފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އިންތިހާބަށް ރީ-ރަޖިިސްޓްރީ ކުރުން ވަކި މުއްދަތެއް ނެތި ކުރިއަށް ގެންދަން ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރާ އެއްގޮތަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ރީ-ރަޖިިސްޓްރީ ކުރުން ވަކި މުއްދަތެއް ނެތި ހުޅުވާލައިފަ އެވެ.
އިންތިހާބު ފަސްކުރުމަށް ރައީސް ޔާމީންގެ ފެކްޝަނުން ހުށަހެޅީ ޕީޕީއެމްގެ ތެރޭގައި އޮތް ބައިބައިވުމާ ހެދި އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އެވެ.
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ
"ކައުންސިލް އިންތިހާބަކީ ފުރުސަތެއް، ދުލެއް ނުދޭނަން"
އަދާލަތަށް އެއްވެސް މަޖުބޫރުކަމެއް ނެތް: ޖަމީލް
އިންތިހާބު އެޕްރީލް މަހު، ތާރީހު އަންނަ ހަފުތާގައި
ވޯޓު ވަގަށް ނެގިޔަ ނުދޭން އެންމެން ވޯޓުލާން ގޮވާލައިފި
ލަފާތައް ގަބޫލުނުކޮށް އިންތިހާބު އިންސާފުވެރިއެއް ނުވާނެ
މަޝްވަރާތަކާ މެދު އުއްމީދު އާވެއްޖެ: އިނގިރޭސި ސަފީރު
ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އިއުލާން ކުރަނީ
ބައި-އިލެކްޝަން ދެން ބާއްވާނީ އަހަރަކު ދެ ފަހަރު
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް