Roadha Mihaaru
ހުޅުމާލޭގައި ސްކޫލެއް ހިންގަން ކުވެއިތު ބަޔަކަށް

ހުޅުމާލޭގައި ބައިލިންގުއަލް އިންޓަނޭޝަނަލް ސްކޫލެއް އަޅައި، ހިންގަން ކުވެއިތުގެ ކުންފުންޏަށް

25 އޯގަސްޓް 2021

ހުޅުމާލޭގައި ބައިލިންގުއަލް އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް ކުވެއިތުގެ ކުންފުންޏަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ބައިލިންގުއަލް އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް ކުވެއިތުގެ ކުންފުންޏަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 1،200 ދަރިވަރުންގެ ޖާގައިގެ ސްކޫލު އަޅައި، ހިންގުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ކުވެއިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕުގެ ޗެއާމަން ތަލާލް ހަލީފާ އަލްޖެރީ ވަނީ އެއްބަސްވެފަ އެވެ.

އިންގްލިޝް މީޑިއަމަށް ކިޔަވައިދޭ ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ. އަދި އެ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްކޫލު އަޅައި ހިންގުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ކުވެއިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕުގެ ޗެއާމަން ތަލާލް ހަލީފާ އަލްޖެރީ އެއްބަސްވުމުގައި ސޮއިކުރައްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖައްސާފައިވާ ސްކޫލުގެ ފުރަތަމަ ފޭސްގައި އަންނަ އަހަރުގެ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށާނެ އެވެ. ދެ ވަނަ ފޭހުގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔަވައިދޭން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެ ސްކޫލް އިމާރާތް ކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. އެކަން ކުރާނީ ކުވެއިތުގެ ކުންފުނިންނެވެ. އެ މަޝްވަރާތައް މިހާރު އަންނަނީ ކުރިއަށެވެ.

އަލްޖެރީ ހޯލްޑިންގ ގްރޫޕުން ކުވެއިތުގައި އިންޓަނޭޝަނަލް 20 ސްކޫލެއް ހިންގަ އެވެ. އެ ކުންފުނީގެ ޗެއާމަން ތަލާލް ހަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަހުސިއްޔަތެކެވެ.