Roadha Mihaaru
ހުޅުމާލޭގައި ހެދި ޕްރީސްކޫލް އެޑިއުކޭޝަނާ ހަވާލުކޮށްފި

ހުޅުމާލޭގައި ހެދި ޕްރީސްކޫލް އެޑިއުކޭޝަނާ ހަވާލުކޮށްފި

17 ޖެނުއަރީ 2019

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވަނީ ސޮއިކުރައްވައިފަ އެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލު އެޑިއުކޭޝަން މިނިސްޓްރީއަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ އެމްޑީ ސުހެއިލް އަދި މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ސޮއިކުރައްވަނީ.--ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ އެ ޕްރީ ސްކޫލް ހަވާލުކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެތަނުން ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށެވެ. އަދި އެތަން ބަޔަކާ ހަވާލުކޮށް ޖޫން/ޖުލައި ހިސާބުގައި ޕްރީ ސްކޫލުގައި އިންޓަނޭޝަނަލް ފެންވަރަށް ކިޔަވައިދޭން ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލު -- މިހާރު ފޮޓޯ

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލު -- މިހާރު ފޮޓޯ

ހުޅުމާލޭގައި މިވަގުތު ހިންގަނީ އެންމެ ޕްރީ ސްކޫލެކެވެ. އެއީ އަމިއްލަ ފަރާތަކުން ހިންގާ ތަނެކެވެ. އޭގެ އިތުރުން ސަރުކާރު ސްކޫލުތަކުގައި ޕްރީ ސްކޫލަށް ކިޔަވައިދެ އެވެ.

ކޮމްޕިއުޓާ ރޫމާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހުންނަ ޕްރީ ސްކޫލު މީގެ ކުރިން ބޭނުންކުރީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.