Roadha Mihaaru
ޑްރައިވިން ޓްރެކް އަޅަން ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ހުޅުމާލެ ޑްރައިވިން ޓްރެކް އަޅަން ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީން ހަދިޔާކޮށްފި

25 އޯގަސްޓް 2021

ހުޅުމާލޭގައި ޑްރައިވިން ޓްރެކެއް އަޅަން ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގައި ޑްރައިވިން ޓްރެކެއް އަޅަން ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މިނިސްޓްރީގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި އެ ކުންފުނިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަދިޔާ ކުރި ތަކެތީގެ އަގު އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ އެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ.

އެ ކުންފުނިން ބުނީ އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭން އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން ލައިސެންސް ނަގާ މީހުންނަށް ދަތިތަކާ ދިމާވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ހުޅުވާ ޓްރެކާ އެކު އެ މީހުންނަށް ފަސޭހަވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ކުރިއަށް އޮތްތާނގައި ވެސް ރައްޔިތުންނަށް ފައިދާވާނެ މިފަދަ ޕްރޮޖެކްޓުތަކަށް އެމްޑަބްލިއުއެސްސީން އެހީވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.