25 އޯގަސްޓް 2021
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓްގެ މަގާމުގައި ހުންނެވި އިބްރާހިމް ހޫދު އެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓްގެ މަގާމުގައި ހުންނެވި އިބްރާހިމް ހޫދު އެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ކުރިން ރައީސް އޮފީހުގެ ސްޕޯކްސްޕާސަނަކަށް ހުންނެވި ހޫދު މިދިޔަ އަހަރު އެ މަގާމުން ވަކި ކުރެއްވުމަށްފަހު އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓްގެ މަގާމަށް އައްޔަންކުރީ މިއަހަރު އެވެ.
ރައީސް އޮފީހުން ބުނީ ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓްގެ މަގާމުން އޭނާ ވަކި ކުރެއްވުމަށް ފަހު ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމަށް މިއަދު އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ހޫދު އައްޔަން ކުރެއްވިޔަސް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ ޒިންމާތައް ކުރިއެކޭ ވެސް އެއްގޮތަށް އަދާ ކުރައްވާނީ އޭނާ ކަމަށެވެ.
ހޫދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު: ރައީސް
އުމަރު ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް:ސަރުކާރު
ސިޔާސީ ދެ މަގާމެއް އުފައްދައި ބޭފުޅުން އައްޔަންކޮށްފި
"ރާއްޖެ-އިންޑިޔާއާ ދެމެދު އޮތީ މާ ގާތް ގުޅުމެއް"
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް
ވަޒީރުން މާލީ ބަޔާން ހުށަހަޅަން ފަށައިފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި