Roadha Mihaaru
އަބޫދާބީގެ މަހުޖަނުންނަށް ހެރީ ކޭން ގުޑުވައެއް ނުލެވުނު

އަބޫ ދާބީގެ މަހުޖަނުންނަށް ހެރީ ކޭން ގުޑުވައެއް ނުލެވުނު

26 އޯގަސްޓް 2021

ލަންޑަން (އޮގަސްޓް 26) - މެންޗެސްޓާ ސިޓީން ބޮޑު އަގެއް ހުށަހެޅިޔަސް، ހެރީ ކޭން ނުވިއްކަން ޓޮޓެންހަމް ހޮޓްސްޕާސް އިން ދެކޮޅު ހެދުމުން ކްލަބުގައި މަޑުކުރަން އޭނާ ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (އޮގަސްޓް 26) - މެންޗެސްޓާ ސިޓީން ބޮޑު އަގެއް ހުށަހެޅިޔަސް، ހެރީ ކޭން ނުވިއްކަން ޓޮޓެންހަމް ހޮޓްސްޕާސް އިން ދެކޮޅު ހެދުމުން ކްލަބުގައި މަޑުކުރަން އޭނާ ނިންމައިފި އެވެ.

އާބޫ ދާބީގެ ޝާހީ އާއިލާއާ ގާތް ގުޅުމެއް އޮންނަ ކްލަބުން ވަނީ، ކޭންގެ ޓްރާންސްފާ އަށް 137 މިލިއަން ޑޮލަރު ދޭން ހުށަހަޅައިފަ އެވެ. ނަމަވެސް ސްޕާސްގެ ޗެއާމަން ޑެނިއެލް ލެވީ ހުންނެވީ ކޭން ވިއްކާ ގޮތަކަށް ނޫނެވެ.

ސިޓީން އުންމީދުކޮށްގެން ތިބީ ޓްރާންސްފާ ޕީރިއަޑު ނިމުމުގެ ކުރިން ޓޮޓެންހަމްގެ ވިސްނުން ބަދަލުވެ ކޭން ދޫކޮށްލަން އެ ކްލަބުން އެއްބަސްވާނެ ކަމަށެވެ.

ނަމަވެސް ކޭން ވަނީ މި ސީޒަންގައި ޓޮޓެންހަމްގައި މަޑުކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އޭނާ ބުނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ވުލްވާހެމްޓަން ވޮންޑާސްއާ ދެކޮޅަށް ކުޅެނު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ޓީމަށް އޮތް ޖޯޝް ފެނިފައި ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.

"މި ސީޒަންގައި އަހަރެން ޓޮޓެންހަމްގައި މަޑު ކުރާނަން،" ކޭން ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ. "ކްލަބަށް ކާމިޔާބު ހޯދައިދިނުމުގައި އަހަރެން 100 ޕަސެންޓް ސަމާލުކަން ދޭނަން."

ކޭން ވަނީ ސްޕާސް އަށް ކުޅުނު 243 މެޗުގައި 166 ލަނޑު ޖަހައިފަ އެވެ. ޕްރިމިއާ ލީގުގެ ރަންބޫޓު ހޯދާފައިވާ ކޭން އަށް އިންޑިވިޖުއަލް އެވޯޑް ލިބުނަސް ޓީމަށް ތައްޓެއް ނުލިބުމަކީ އޭނާ ކަންބޮޑުވާ ކަމެކެވެ.