Roadha Mihaaru
އަފްޣާނިސްތާނަށް އައިއެސްގެ ބިރު އޮތީ ކިހާވަރަކަށް؟

އަފްޣާނިސްތާނަށް އައިއެސްގެ ބިރު އޮތީ ކިހާވަރަކަށް؟

27 އޯގަސްޓް 2021

ކާބުލް (އޮގަސްޓް 27) - އަފްޣާނިސްތާނުން ބޭރުވުމަށްޓަކައި އެ ގައުމުގެ އާއްމުންގެ އެތައް ހާސް ބަޔަކު ކާބުލްގެ އެއާޕޯޓަށް ދަނީ ޖަމާވަމުންނެވެ. ތާލިބާނުންގެ ވެރިކަމުގައި ވާނެ ގޮތެއް ނޭނގޭތީ އެ ގައުމުގައި ތިބެން ބޭނުން ނުވާތީ އެވެ. އެކަމަކު އަފްޣާނިސްތާނަށް މިހާރު އެހެން ބިރެއް އެބައޮތެވެ؛ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (އޮގަސްޓް 27) - އަފްޣާނިސްތާނުން ބޭރުވުމަށްޓަކައި އެ ގައުމުގެ އާއްމުންގެ އެތައް ހާސް ބަޔަކު ކާބުލްގެ އެއާޕޯޓަށް ދަނީ ޖަމާވަމުންނެވެ. ތާލިބާނުންގެ ވެރިކަމުގައި ވާނެ ގޮތެއް ނޭނގޭތީ އެ ގައުމުގައި ތިބެން ބޭނުން ނުވާތީ އެވެ. އެކަމަކު އަފްޣާނިސްތާނަށް މިހާރު އެހެން ބިރެއް އެބައޮތެވެ؛ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ.

ކާބުލް އެއާޕޯޓަށް ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތްކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ދެއްވައިފަ އެވެ. އައިއެސްގެ ސަރަހައްދީ ޗެޕްޓަރު އިސްލާމިކް ސްޓޭޓް-ޚުރާސާން ނުވަތަ އައިއެސް-ކޭގެ ހަމަލާއެއްގެ ބިރު އޮތުމުން އެއާޕޯޓުގައި ތިބި މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ދިއުމަށް އެމެރިކާ، އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިއާ އިން ވަނީ އެދިފަ އެވެ. އެންމެ ފަހުން އެފަދަ ހަމަލާއެއް މި ވަނީ ދީފަ އެވެ.

އައިއެސްގެ ބިރު އަފްޣާނިސްތާނުގައި އޮތީ ކިހާވަރަކަށްތޯ ސުވާލު ކުރުމުން ތާލިބާނުންގެ ތަރުޖަމާން ބުނީ އެއީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އައިއެސް-ކޭ އަކީ ކޮން ބައެއް؟

އިރާގާއި ސީރިއާގައި އައިއެސް އިން 2014 ވަނަ އަހަރު ޚިލާފަތު އިއުލާން ކުރުމާ ގުޅިގެން ޕާކިސްތާން ތާލިބާނުންގެ ވަކި ބަޔަކު ވަނީ އަފްޣާނިސްތާނުގެ ހަނގުރާމަވެރިންނާ ގުޅި ސަރަހައްދީ ގޮތްޕެއް އުފައްދައިފަ އެވެ. ޖެހިގެން އައި އަހަރު އެ ޖަމާއަތުން ވަނީ އިރުއުތުރު އަފްޣާނިސްތާނުގައި ޚާއްސަކޮށް، ކުނާރު، ނަންގަހާރު އަދި ނުރިސްތާން ޕްރޮވިންސްގައި ބާރުގަދަކޮށްފަ އެވެ. އޭގެ އިތުރުން އެ ޖަމާއަތުން ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ އެހެން ސަރަހައްދުތަކުގައި ސްލީޕާ ސެލްތައް ގާއިމްކޮށްފައި ކަމަށް އދ. ގެ މޮނިޓަރުން ވަނީ ބުނެފަ އެވެ.

ސަލާމަތީ މަޖިލީހުން މިދިޔަ މަހު އާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އައިއެސް-ކޭގައި އެތައް ސަތޭކަ ހަނގުރާމަވެރިންނެއް ހިމެނޭ ކަމަށެވެ.

އަފްޣާނިސްތާނުން ބޭރުވުމަށް އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓަކަށް އެރުމަށް ކާބުލްގެ އެއާޕޯޓުގައި ބަޔަކު ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

އަފްޣާނިސްތާނުން ބޭރުވުމަށް އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓަކަށް އެރުމަށް ކާބުލްގެ އެއާޕޯޓުގައި ބަޔަކު ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

އައިއެސް-ކޭ އިން ދީފައި ވަނީ ކޮން ކަހަލަ ހަމަލާއެއް؟

އިސްލާމިކް ސްޓޭޓުގެ އަފްޣާނިސްތާން-ޕާކިސްތާން ޗެޕްޓަރުން ވަނީ ދާދި ފަހުން ނުރައްކާ ހަމަލާތަކެއް ދީފަ އެވެ. ދެ ގައުމުގެ ވެސް މިސްކިތްތަކާއި ޒިޔާރަތްތަކާއި އާއްމު މައިދާންތަކާ އަދި ހޮސްޕިޓަލްތަކުގައި ވަނީ މަދަނީންނާ ދެކޮޅަށް ގަތުލްއާއްމު ހިންގައިފަ އެވެ. ޚާއްސަކޮށް ޝިއައީންނާ ދެކޮޅަށް ދީފައިވާ ހަމާލަތައް އިތުރެވެ. އދ. އާއި އެމެރިކާގެ އަސްކަރީ އެސެސްމެންޓްތަކުން ދައްކާ ގޮތުގައި އައިއެސް-ކޭ މިހާރު އޮޕަރޭޓް ކުރަނީ ސިޓީތަކުގައި ފިލައި ތިބެގެންނެވެ.

ތާލިބާނުންގެ ކާމިޔާބީ އަށް އައިއެސް-ކޭގެ ރައްދަކީ ކޮބާ؟

އަފްޣާނިސްތާނުން ބިދޭސީ ސިފައިން ބޭލުމަށް އެމެރިކާ އާއި ތާލިބާނުން މިދިޔަ އަހަރު ގާއިމްކުރި އެއްބަސްވުމާ އައިއެސް ޖަމާއަތުން ހިތްހަމައެއް ނުޖެހެ އެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާ އެކު ތާލިބާނުން ކުއްލި އަކަށް އަފްޣާނިސްތާން ހިފައި ހޯދި ކާމިޔާބީ އަށް ދުނިޔޭގެ ވަރަށް ގިނަ ޖިހާދީ ޖަމާއަތްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް އައިއެސް އިން އެ ކާމިޔާބީ އަށް މަރުހަބާ ކިޔައިފައެއް ނުވެ އެވެ. ތާލިބާނުންނާއި އައިއެސްއާ ދެމެދު ޚިލާފުތަކެއް އެބަހުއްޓެވެ. އައިއެސްގެ އެއް ބަޔާނެއްގައި ބުނެފައިވާ ގޮތުން ތާލިބާނުންނަކީ ދީނުން ބޭރުވެފައިވާ ބައެކެވެ.

ކާބުލް އެއާޕޯޓަށް އޮތް ބިރަކީ ކޮބާ؟

ކާބުލް އެއާޕޯޓަށް އާއްމުންގެ އެތައް ހާސް ބަޔަކު ޖަމާވެފައިވާ އިރު އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓަނީ އެމެރިކާ ސިފައިންނެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އައިއެސް-ކޭގެ ހަމަލާއެއް އެއާޕޯޓަށް ދީފާނެކަމުގެ ބިރު އެބައޮތެވެ. އެހެންވެ އެއާޕޯޓުގައި ތިބި މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ދިއުމަށް ލަންޑަނާއި ވޮޝިންޓަން އަދި ކެންބަރާ އިން ވަނީ އިންޒާރުދީފަ އެވެ.

"އައިއެސް-ކޭ އާއި ތާލިބާނުންނަކީ ދުޝްމަނުން. މާޒީގައި އެއް ބަޔަކު އަނެއް ބަޔަކަށް ވަނީ ހަމަލާދީފައި،" ބައިޑަން ވިދާޅުވި އެވެ.