ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަަރު އެ ރަށުގެ އިހްތިސާސުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވައިފި އެވެ.
30 އޯގަސްޓް 2021
ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަަރު އެ ރަށުގެ އިހްތިސާސުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވައިފި އެވެ.
ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިޒޯޓު ތަރައްގީކުރަން ވެސް ކަނޑައެޅި ސަރަހައްދެކެވެ.
އަދި ފަހުން މި ސަރުކާރުގައި ވެސް އެ އެތަން ރިޒޯޓު ތަރައްގީކުރަން ދޫކުރަން ނިންމި ނަމަވެސް އެތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން، މިދިޔަ އަހަރުގެ މާޗް މަހު އެވެ.
ނަމަވެސް، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ.
މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
ހއ. ފިއްލަދޫގެ އިހްތިސާސަށް ރައީސް ބަދަލު ގެންނެވި ގޮތް --
ފިއްލަދޫ ކައުންސިލުގެ ރައީސް ފަތުހުﷲ ހަސަން "މިހާރު" އަށް ވިދާޅުވީ އެ ނިންމެވުން ނިންމެވި އިރު ސަރުކާރުގެ އެއްވެސް ފަރާތަކުން ރަށުގެ ކައުންސިލާ މަޝްވަރާ ވެސް ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނުވޭ އެގޮތަށް ބަދަލުކުރައްވާ ކަމަކަށް ވެސް. އަޅުގަނޑުމެންނާ ހަމައަށް ސިޓީއެއް ނަމަވެސް އެއްޗެއް ނާދޭ މިހާރު މި ބަދަލުކުރަނީއޭ،" ފަތުހުﷲ ވިދާޅުވި އެވެ.
ފަތުހުﷲ ވިދާޅުވީ، ކައިރި ފަޅު ރަށްތައް އިހްތިސާސްގެ ތެރޭގައި ނުހިމެނިގެން ބައެއް ރަށްރަށުން އުޅޭ އިރު ފިއްލަދޫގެ ބައެއް އެ ރަށުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނެންވީ ސަބަބެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެތަން އަތުލި އިރު ކައުންސިލުން ގެންދިޔައީ ވެސް އެތަނުން މަންފާ ލިބޭނެ ގޮތްތަކެއް ހޯދައި ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ވަރަށް ރީތި މޫދަކާއި ގޮނޑުދޮށެއް އޮވެފައި ކުޅިއެއް ވެސް އޮންނަ ދައްޕަރަށް ފިއްލަދޫގެ ބާރު ނުހިނގާ ގޮތް ހެދި އިރު އެތަނުގައި ވަކި ކަމެއް ކުރުމަށް ކައުންސިލުން ނިންމާފައެއް ނުވެ އެވެ. ނަމަވެސް ވިސްނުން ހުރީ ރައްޔިތުންނާ މަޝްވަރާކޮށްގެން އެތަނުގައި ކުރެވޭނެ ވިޔަފާރިތައް ބަލަން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނާ ކަމަށް ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެ އެވެ. އޭރު ވިދާޅުވި ގޮތުގައި އެކަން ކުރަން ރާވަނީ ތަރައްގީކުރާ ތަންތަން ގަންނަ ފަރާތްތަކަށް ރާއްޖެއިން ރެސިޑެންސް ވިސާ ލިބޭ ގޮތަށެވެ.
ދައްޕަރުގެ ތަރައްގީގެ ޕްލޭން ކައުންސިލުން ފަށަނީ
ދައްޕަރު ފިއްލަދޫގެ ބަޔަކަށް ހަދަން ރައީސް ނިންމަވައިފި
ދައްޕަރު މައްސަލައިގައި ރައީސާއި މަޖިލީހަށް ޕެޓިޝަނެއް
މިއީ ހުރިހާ ކަމެއްގެ މައްޗަށް ގައުމު އިސްކުރާ ވަގުތު
ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައިފި
ދައްޕަރާ މެދު ގޮތް ނިންމާނީ ފިއްލަދޫ ކައުންސިލުން
މަޖިލީހުގެ ތާއީދު ނެތުމުން ދިމާވާ ދަތި އިހްސާސް ކުރިން
އިބޫ ހއ. ހުރިހާ ރަށަކަށް: "އުންމީދު އާވެއްޖެ"
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން