Roadha Mihaaru
ދައްޕަރުގެ ތަރައްގީގެ ޕްލޭން ކައުންސިލުން ފަށަނީ

އުއްމީދު އާވެއްޖެ، ދައްޕަރުގެ ތަރައްގީގެ ޕްލޭން ވަރަށް އަވަހަށް ފެށޭނެ: ފިއްލަދޫ ކައުންސިލް

05 އޮކްޓޯބަރ 2021

ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަނެއްކާ ވެސް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނިންމެވުމުން، ރައްޔިތުންގެ އުއްމީދުތައް ވަރަށް ބޮޑަށް އާވެއްޖެ ކަމަށާއި ދައްޕަރު ތަރައްގީކުރާ ޕްލޭންގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ފިއްލަދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަނެއްކާ ވެސް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނިންމެވުމުން، ރައްޔިތުންގެ އުއްމީދުތައް ވަރަށް ބޮޑަށް އާވެއްޖެ ކަމަށާއި ދައްޕަރު ތަރައްގީކުރާ ޕްލޭންގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ފިއްލަދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

ފިއްލަދޫ ރައްޔިތުން ބޭނުންވީ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ކުރިން އޮތް ދައްޕަރު އަނބުރާ ހޯދައި، އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބޭ ތަނަކަށް ހެދުމެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން "މިހާރު" އަށް ވިދާޅުވީ ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރީ އެ ބަޔާ އެކު ފިއްލަދޫގެ "ލޭންޑް ޔޫސް ޕްލޭން" ހަދަމުން އަންނަނިކޮށް ކަމަށެވެ. އެއާ އެކު އެ މަސައްކަތް ވެސް މަޑުޖައްސާލަން ޖެހުނު ކަމަށާއި އެކަމަކު އިއްޔެގެ ނިންމެވުމާ އެކު، އަނެއްކާ ވެސް އެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައްޕަރާ އެކު ފިއްލަދޫގެ ލޭންޑް ޔޫސް ޕްލޭން ހަދަނީ

ކައުންސިލްގެ ވިސްނުން ހުރީ ދައްޕަރުގައި ޓޫރިޒަމާއި ދަނޑުވެރިކަމާ ގުޅުންހުރި ކަންކަން ކުރުމަށެވެ. ނަމަވެސް، ސީދާ ކުރާނީ ކޮން ކަމެއް ކަން އަދި ކަނޑައެއް ނާޅަ އެވެ.

ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަރު

ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަރު

ބަޔަކާ ހަވާލުކޮށްގެން ފިއްލަދޫގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ކުރަނީ ދައްޕަރު ވެސް އޭގެ ތެރޭގައި ހިމެނޭ ގޮތަށެވެ.

"މި މަސައްކަތް [ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް] ކުރަމުން އަންނަނިކޮށް ދައްޕަރު އަލުން ފިއްލަދޫގެ ބަޔަކަށް ވުމަކީ މި މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސްގެ ނިންމެވުމަށް ޝުކުރު އަދާކުރައްވައި ފަތުހުﷲ ވިދާޅުވި އެވެ.

"ފިއްލަދޫ އާއި ދައްޕަރަކީ ވަކި ރަށެއް ނޫން. މާލެ ނަމަ މިއީ ހެންވޭރާއި މާފަންނު. އެހެންވީމަ، ހެންވޭރު ރައްޔިތުންނެއް ބޭނުމެއް ނުވާނެ މާލެ އިން މާފަންނު ވަކިކުރާކަށް ދެއްތޯ."

ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ދައްޕަރު އަނެއްކާ ވެސް ހިމަނަން ރައީސް ނިންމެވީ، އެތަން އަލުން ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނުމަށް ފިއްލަދޫގެ ކައުންސިލާއި ރައްޔިތުން ގުޅިގެން 450 މީހުންގެ ސޮޔާ އެކު ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.

ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހަޅަން ރައީސް އޮފީހަށް ގޮސް. .-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހަޅަން ރައީސް އޮފީހަށް ގޮސް. .-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

އެ ޕެޓިޝަންގައި ބުނެފައި ވަނީ، ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ މީހުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށުގެ ކައުންސިލަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެތަން ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން ވަކިކޮށްފައި ވާތީ ހުރި ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ.

ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިސޯޓު ތަރައްގީ ކުރަން ކަނޑައެޅި ސަރަހައްދެކެވެ. އަދި ފަހުން މި ސަރުކާރުގައި ވެސް އެ އެ ރަށުގައި ރިސޯޓެއް ތަރައްގީކުރަން ދޫކުރަން ނިންމި ނަމަވެސް، ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީ ވެސް ރައީސްގެ ގަރާރަކުން މިދިޔަ އަހަރު މާޗު މަހުގަ އެވެ.

ނަމަވެސް، ފަހުން ރައީސް ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެގޮތަށް ނިންމެވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުންނެވެ.