Roadha Mihaaru
ވަޅި ހެރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޒުވާނެއްގެ ކަރަށް ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

31 އޯގަސްޓް 2021

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ހެނދުނު އުމުރުން 21 އަހަރުގެ ޒުވާނާގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ހެނދުނު އުމުރުން 21 އަހަރުގެ ޒުވާނާގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފި އެވެ.

އެ ޒުވާނާގެ ކަރަށް ވަޅި ހެރީ، ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރިން އެހެން މީހަކާ އެކު ސައިކަލުގައި ދަނިކޮށް، އެހެން ސައިކަލްތަކެއްގައި ދިޔަ ތިން މީހުންގެ ގްރޫޕަކުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން 18 އަހަރުގެ ފިރިހެނަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވެ އެވެ.

އެ ހަމަލައިގައި އަނިޔާވި މީހާގެ ނޭވާ ހޮޅި ފޫގޮސް، ކަރުގެ އަރިމަތީގެ ނާރަށް ވެސް ގެއްލުން ވެފައިވާ ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

ހަމަލާދިނުމާ އެކު ޒުވާނާ ހޭނެތުމުގެ ކުރިން އޭޑީކޭ ހޮސްޕިޓަލަށް ދިޔައީ ސައިކަލުގައި އެކަންޏެވެ. އެކަމަކު ގާތްގަނޑަކަށް އޭޑީކޭގެ ދޮރާ ހަމައަށް ދެވުނު ތަނާހެން އޭނާ ހޭނެތިގެން ސައިކަލާ އެކު ވެއްޓުމުން ހޮސްޕިޓަލަށް ވެއްދީ އެތަނުގައި ތިބި ބަޔެކެވެ.

އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުން ބުނި ގޮތުގައި، އޭނާ އޮތީ އަދިވެސް އައިސީޔޫގަ އެވެ.