މާލޭ ކައިރީގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އާންމުންގެ ހިޔާލު ހޯދަން މިއަދު ހުޅުވާލައިފި އެވެ.
31 އޯގަސްޓް 2021
މާލޭ ކައިރީގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އާންމުންގެ ހިޔާލު ހޯދަން މިއަދު ހުޅުވާލައިފި އެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަޝްރޫއުގެ ދަށުން މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައިވާ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ހެކްޓަރުގެ ޕިކްނިކް އައިލެންޑްއަކާއި ސޭންޑްބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.
މިނިސްޓްރީން ބުނީ އެ ދެރަށުގެ ބިން ހިމާޔަތް ކުރުމަށް ގްރޮއިން އާއި ރިވެޓްމަންޓް ޖަހާނެ އެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނަގަން ހަމަޖެހިފައިވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. އެއީ މިހާރު ވެސް ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކަށް ވެލި ނަގަމުންދާ ސަަރަހައްދު ކަމަށާއި މި ޕްރޮޖެކްޓަށް 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ދާން ރަށެއް ތަރައްގީކުރަން ސަރުކާރުން ރާވާފައިވާތީ ޕިކްނިކް އައިލެންޑްގެ މަސައްކަތަށް ބިން ހިއްކުމުގެ މަސައްކަތަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލިއިރު އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބިން ހިއްމުކުމުގެ މަޝްރޫއު އަށް ތައްޔާރުކުރެވޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް ބޭނުންވާ މައުލޫމާތު މި ސާވޭ މެދުވެރިކޮށް އެއްކުރާނެ އެވެ. އެ މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓަކީ އެމްޓީސީސީ އެވެ.
އެ ސާވޭގެ ބޭނުމަކީ ޕްރޮޖެކްޓާ ބެހޭ ގޮތުން އާންމު ރައްޔިތުންގެ ހިޔާލާއި، މަޝްވަރާއާއި، ޕްރޮޖެކްޓާއި ބެހޭ ގޮތުން ފާހަގަކުރެވޭ ކަންބޮޑުވުންތަކާއި ޕްރޮޖެކްޓްގެ ސަބަބުން ލިބޭނެ ފައިދާތައް ދެނެގަތުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކުޑަގިރި ފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕިކްނިކް އައިލޭންޑްގެ ބިންހިއްކުމުގެ މަޝްރޫޢަށް އާއްމުންގެ ހިޔާލު ހޯދުމަށް ކުރާ ސަރވޭގައި ބައިވެރިވެވަޑައިގަންނަވާhttps://t.co/b0OgZU6nLg
— Min.of National Planning, Housing & Infrastructure (@MoNPHImv) August 31, 2021
މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. މީގެ ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި، އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ހަމަޖައްސައި އެ ރަށް ތަރައްގީ ކުރާނެ ގޮތާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލި އެވެ.
އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދެއް ދަތުރު ދިއުމަށް ހާއްސަކުރާ ރަށެއްގެ ގޮތުގައި ބޭނުންކުރަން ކަނޑައަޅައި 2019 ވަނަ އަހަރުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެންބޫދޫ ފަޅުން ހިއްކާފައިވާ 3.3 ހެކްޓަރުގެ ސަރަހައްދެއް ދިވެހިން ދަތުރު ދިޔުމަށް ކަނޑައެޅީ ޕިކްނިކް ދިއުމަށް އިތުރު ފަޅެއް ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ތަނެއް ބޭނުން ކުރުމުގެ ގޮތުން ކަމަށެވެ. އެކަމަކު މިހާތަނަށް އެރަށް ބޭނުމެއް ނުކުރެ އެވެ.
މާފުށީ ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްފި
ކޮލަމާފުއްޓަށް ޕިކްނިކް އައިލެންޑެއް ހަމަޖައްސައި ދީފި
ހަތަރު ރަށަކަށް 266 މިލިއަން ރުފިޔާގެ މަޝްރޫއު
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް
އާރުޓީއެލް ފެރީން ހުވަދޫ ގުޅާލަން ތައްޔާރުވެއްޖެ
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
މަންދޫ މީހުން ބަންދުން ވީއްލިގޮތް "ކަމަކުނުދޭ"!
ތިންދުވަސް ތެރޭ ސްޓެލްކޯއާ ހިސާބަށް ތާރު އަޅަނީ
އަމީނީ މަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
އޮމަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި