Roadha Mihaaru
އެފްބީން ފޭޝަލް ރިކޮގްނިޝަން ހުއްޓާލަން ނިންމައިފި

ފޭސްބުކުން ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާ ބޭނުންކުރުން ހުއްޓާލަން ނިންމައިފި

04 ނޮވެމްބަރ 2021

ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާ ބޭނުންކުރުން ފޭސްބުކުން ހުއްޓާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާ ބޭނުންކުރުން ފޭސްބުކުން ހުއްޓާލަން ނިންމައިފި އެވެ.

މިދިޔަ ހަފުތާގައި މެޓަ އަށް ރިބްރޭންޑްކުރި ކުންފުނިން ހިންގާ ފޭސްބުކުން ބުނީ އެ ސޮފްޓްވެއާ ހުއްޓައިލަން ނިންމީ އެ ބޭނުން ކުރުމުގައި ރެގިއުލޭޓަރުން ސާފު އޮނިގަނޑެއް ހާމަކޮށްފައި ނެތުމުން ދިމާވާ މައްސަލަތަކާ ހެދި ކަމަށެވެ.

ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާ އަކީ މިހާރު ވެސް ބޮޑު ބަހުސެއްގެ ތެރޭގައި އޮތް އަދި އޭގެ ރައްކާތެރިކަމާ ދޭތެރޭ އެތައް ބަޔަކު ސުވާލު ވެސް އުފައްދާ ޓެކްނޮލޮޖީއެކެވެ. އޭގެ ތެރޭގައި ކަސްޓަމަރުންގެ ޕްރައިވެސީ އާއި އޭގެ އެހީގައި ނަސްލީ ތަފާތުކުރުންތައް ގެންގުޅުމާއި ވަކި ކޮޅަކަށް ބުރަވުމާއި އަދި އޭގެ ސައްހަކަމާ ދޭތެރޭގައި ހުރި ކަންބޮޑުވުންތައް ހިމެނެ އެވެ.

ފޭސްބުކުން ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާ ހުއްޓާލަން ނިންމާފައިވާތީ ދެން ފޮޓޯ އާއި ވީޑިއޯ ފަދަ އެއްޗެހި އަޕްލޯޑް ކުރުމުގައި އެއަކަށް ބަރޯސާއެއް ފޭސްބުކުން ނުވާނެ އެވެ.

މިކަމާ ބެހޭ ގޮތުން ފޭސްބުކްގެ އާޓިިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވައިސް ޕްރެޒިޑެންޓް ޖެރޯމް ޕްރެޒެންޓީ ވިދާޅުވީ އެ ކުންފުނީގައި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީގެ ދައުރު ކުޑަކުރުމަކީ އެއާ މެދު މިހާރު އުފެދިފައި އޮތް ނުތަނަވަސް ކަމަށް ފޭސްބުކްގެ ތެރެއިން ހޯދައިދެވޭ ލުޔަކަށް ވާނެ ކަމަށެވެ.

ފޭސްބުކުން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާ ފެއަށް ޖެހެން ނިންމި އިރު، އެމެޒޯން އާއި މައިކްރޮސޮފްޓުން ވެސް ވަނީ އެ ޓެކްނޮލޮޖީ ބޭނުންކުރާ އުފެއްދުންތަކުގެ ވިޔަފާރި ހުއްޓާލައިފަ އެވެ.