Roadha Mihaaru
ރޮކްގެ "ޖަންގަލް ކްރޫޒް" ގެ ވާހަކަ ދެވަނަ ބަޔަކަށް

ރޮކްގެ "ޖަންގަލް ކްރޫޒް" ގެ ވާހަކަ ދެވަނަ ބަޔަކަށް

02 ސެޕްޓެމްބަރ 2021

މިދިޔަ ޖުލައި މަހު ރިލީޒްކުރި ޑްވޭން ޖޯންސަން (ރޮކް) ގެ ފެންޓަސީ އެޑްވެންޗަ ފިލްމު "ޖަންގަލް ކްރޫޒް" ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޖުލައި މަހު ރިލީޒްކުރި ޑްވޭން ޖޯންސަން (ރޮކް) ގެ ފެންޓަސީ އެޑްވެންޗަ ފިލްމު "ޖަންގަލް ކްރޫޒް" ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

ޑިޒްނީގެ މި ފިލްމުގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ވެސް ޑައިރެކްޓްކުރި ޖޯމީ ކޮލޭ-ސެރާ އެވެ. ޑެޑްލައިނުން ބުނި ގޮތުގައި އޭނާ މިހާރު އަންނަނީ ސީކްއެލްގެ ސްކްރީންޕްލޭގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަކު ޑިޒްނީ އަދި ރަސްމީކޮށް "ޖަންގަލް ކްރޫޒް" ގެ ސީކްއެލްގެ ވާހަކަ ހާމައެއްނުކުރެ އެވެ.

ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޖަންގަލް ކްރޫޒް" އަށް ބޮކްސް އޮފީހުގައި މިހާތަނަށް ލިބިފައި ވަނީ 187 މިލިއަން ޑޮލަރެވެ. މި ފިލްމުގެ ކާސްޓްގައި ރޮކާ އެކު އެމިލީ ބްލަންޓް، ޖެކް ވައިޓްހޯލް، ޖެސީ ޕްލެމަސްން، ޕޯލް ޖިއާމަޓީ އަދި އެޑްގާ ރަމިރޭޒް ހިމެނެ އެވެ.

ހޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ރޮކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެކްޝަން ތުރިލާ "ރެޑް ނޯޓިސް" އާއި ސުޕަހީރޯ ފިލްމު "ބްލެކް އެޑަމް" ހިމެނެ އެވެ.