Roadha Mihaaru
"ޑެޑްޕޫލް 3" ސްކްރީންޕްލޭ މޮލިނޯސް ސިސްޓާސް އަށް

"ޑެޑްޕޫލް 3" ގެ ސްކްރީންޕްލޭ މޮލިނޯސް ސިސްޓާސް އަށް

23 ނޮވެމްބަރ 2020

ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ރަޔަން ރެނޮލްޑްސްގެ ސުޕަހީރޯ ފިލްމު "ޑެޑްޕޫލް" ސީރީޒްގެ ތިން ވަނަ ފިލްމުގެ ސްކްރީންޕްލޭ ނިންމުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ރަޔަން ރެނޮލްޑްސްގެ ސުޕަހީރޯ ފިލްމު "ޑެޑްޕޫލް" ސީރީޒްގެ ތިން ވަނަ ފިލްމުގެ ސްކްރީންޕްލޭ ނިންމުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޑެޑްޕޫލް 3" ގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ އެމީ އެވޯޑް ހޯދާފައިވާ ދެބޭން ކަމަށްވާ ލިޒީ އާއި ވެންޑީ މޮލިނޯސްއާ އެވެ. އެ ދެ މީހުންނަކީ ފޮކްސްގެ "ބޮބް ބާގާސް" ގެ ރައިޓަރުންނެވެ. "ޑެޑްޕޫލް" ގެ ކުރީ ދެ ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ރިޑް ރީޒާނާއި ޕޯލް ވާނިކެވެ.

"ޑެޑްޕޫލް 3" އާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ރެނޮލްޑްސް މި ފަހަރު ވެސް ފިލްމުން ފެންނާނެ އެވެ. އަދި ކުރީގެ ދެ ފިލްމެކޭ އެއްގޮތަށް އޭނާ ތިން ވަނަ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާނެ އެވެ.

ދެހާސް ސޯޅައިގައި ޓިމް މިލާ 58 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން "ޑެޑްޕޫލް" އަކީ ބޮކްސް އޮފީހުގައި 782.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ޑޭވިޑް ލީޗް 110 މިލިއަން ޑޮލަރުގެ ބަޖެޓަކުން 2018 ގައި ގެނެސްދިން "ޑެޑްޕޫލް 2" އަކީ 785.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

"ޑެޑްޕޫލް 3" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.