Roadha Mihaaru
ބޮލީވުޑްގެ ތަރިންތަކެއް ހައްޔަރުކުރަން އެދި ކޯޓަށް

ރޭޕްގެ ޝިކާރައަކަށްވި މީހެއްގެ ނަން ހާމަކުރުމުން ބޮލީވުޑްގެ ތަރިންތަކެއް ހައްޔަރުކުރަން އެދެފި

08 ސެޕްޓެމްބަރ 2021

މީގެ ދެ އަހަރު ކުރިން އިންޑިއާގައި ހަތަރު މީހަކުވެގެން ޑޮކްޓަރަކު ރޭޕްކޮށް، ދިރިއޮއްވައި އަންދާލައި މަރާލުމުން އެ މީހާގެ ނަން ސޯޝަލް މީޑިއާގައި ހާމަކުރި އިންޑިއާގެ 38 ސެލެބްރިޓީއަކު ހައްޔަރުކޮށްދޭން އެދި ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން އިންޑިއާގައި ހަތަރު މީހަކުވެގެން ޑޮކްޓަރަކު ރޭޕްކޮށް، ދިރިއޮއްވައި އަންދާލައި މަރާލުމުން އެ މީހާގެ ނަން ސޯޝަލް މީޑިއާގައި ހާމަކުރި އިންޑިއާގެ 38 ސެލެބްރިޓީއަކު ހައްޔަރުކޮށްދޭން އެދި ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ނިއު ދިއްލީގެ ތީސް ހަޒާރީ ކޯޓަށް މައްސަލަ ހުށަހެޅި އެ ސިޓީގެ ގޯރަވް ގްލާޓީ ކިޔާ ވަކީލެކެވެ. އޭނާ ހުށަހެޅި މައްސަލާގައި ވިދާޅުވީ ރޭޕްގެ ހާދިސާގެ ވާހަކަ ސެލެބްރިޓީން ޓްވީޓްކުރީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ކަމަށެވެ. ގާނޫނުގައި ބުނާ ގޮތުން ރޭޕްގެ ޝިކާރައަކަށްވާ މީހުންގެ ނަން ސޯޝަލް މީޑިއާގައި އާންމުކުރުމަކީ މަނާ ކަމެކެވެ.

ނަމަވެސް ހައިދަރުއާބާދުގައި ހިންގި އަދި މުޅި ގައުމު ސިއްސުވި ހާދިސާގެ ވާހަކަ ގިނަ ސެލެބްރިޓިން ޓްވީޓްކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ އެ މީހުންނަށް ފިޔަވަޅު އަޅަން ވީހާ ވެސް އަވަހަކަށް އެ ހުރިހާ އެންމެން ހައްޔަރުކުރުމުގެ އަމަކުރަކަށް ގުލާޓީ ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވެ އެވެ.

ހައްޔަރުކޮށްދޭން އެދުނު ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބައެއް ތަރިން ވެސް ހިމެނެ އެވެ. ބޮލީވުޑްގެ ތަރިންގެ ތެރޭގައި ސަލްމާން ޚާނާއި އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރާއި ފަރުހާން އަޚްތަރާއި އަނޫމަޕް ކޭރާއި ދެ އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ ބަތަލާ ރަކުލް ޕްރީތު ސިންގް ހިމެނެ އެވެ.

ދެކުނުގެ ސެލެބްރިޓީންގެ ތެރޭގައި އެކްޓަރު އައްލޫ އަރުޖުންގެ ކޮއްކޮ އައްލޫ ސިރިޝް އާއި ރަވީ ތޭޖާ އަދި ބަތަލާ/ޕްރޮޑިއުސަރު ޗައްމޭ ކޯރް ހިމެނެ އެވެ.