14 މެއި 2021
އިޒްރޭލުން މަސްޖިދުލް އަގްސާ އަށް ވަދެ މުސްލިމުންގެ އަޅުކަމަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމަށް ފަހު މިހާރު ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކަކީ ޓެރަރިޒަމް ނޫން ކަމަށާއި އެއީ "އިސްލާމީ ހަރުކަށި ފިކުރުން" ސަލާމަތްވާން އަމަލުކުރަންޖެހޭ ގޮތް ކަމަށް ބުނެ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ސޯޝަލް މީޑިއާގައި އަނެއްކާ ވެސް މައްސަލަގަނޑެއް އުފައްދައިފި އެވެ.
އިޒްރޭލުން މަސްޖިދުލް އަގްސާ އަށް ވަދެ މުސްލިމުންގެ އަޅުކަމަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމަށް ފަހު މިހާރު ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކަކީ ޓެރަރިޒަމް ނޫން ކަމަށާއި އެއީ "އިސްލާމީ ހަރުކަށި ފިކުރުން" ސަލާމަތްވާން އަމަލުކުރަންޖެހޭ ގޮތް ކަމަށް ބުނެ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ސޯޝަލް މީޑިއާގައި އަނެއްކާ ވެސް މައްސަލަގަނޑެއް އުފައްދައިފި އެވެ.
ކަންގަނާގެ މި ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރި މީހުންގެ ތެރޭގައި އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި އިރުފާން ޕަތާން ހިމެނެ އެވެ. އޭނާ ބުނީ ކަންގަނާ ފަދަ މީހުންނަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަން އުޅޭ ބައެއް ކަމަށެވެ.
އޭނާ ކުރި ޓްވީޓެއްގައި ބުނީ ކަންގަނާ މިހާތަނަށް ސޯޝަލް ޕްލެޓްފޯމްތައް ބޭނުން ކުރީ ވެސް އެގޮތަށް ކަމަށާއި އެފަދަ ބައެއް މީހުން އެކަން ކުރަނީ ބަޔަކު އަޑީގައި ތިބެގެން ފައިސާ އަށް ކަމަށެވެ. ކަންގަނާ ތަކުރާރުކޮށް ޓްވިޓާގެ އުސޫލުތަކާ ހިލާފުވާތީ އޭނާ އެ ޕްލެޓްފޯމުން ބޭރުކޮށްލީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
All My tweets are either 4 humanity or countrymen, from a point of view of a guy who has represented India at d highest level. On d contrary counters I get from ppl like Kangna who’s account get dismissed by spreading hate n some other paid accounts are only about hate. #planned
— Irfan Pathan (@IrfanPathan) May 13, 2021
އެކަމާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ޓްވިޓާގެ ނިންމުމަށް ތައުރީފުކޮށް، ކަންގަނާއާ ނުލައި ދެން ޓްވިޓާ އަކީ ރައްކާތެރި ތަނަަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި މީގެ ހަފުތާއެއް ކުރިން ކޮވިޑް-19އާ ބެހޭ ގޮތުން ކަންގަނާ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓަކާ ގުޅިގެން، އެ ޕޯސްޓް އެތަނުން ޑިލީޓްކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އޭނާ ބުނީ ދެން މާ ގިނަ ދުވަހަކު އިންސްޓަގްރާމްގައި ވެސް ހުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
Does this birdbrain, pathetic and islamophobic #KanganaRanaut know what exactly terrorism is? During the holiest night of Ramadan, Laylat-al-Qadar 300 worshippers were relentlessly injured and to this moron those unarmed worshippers were brutal terrorists. Wow. #isrealterrorist pic.twitter.com/oFqJjbNag7
— Lame Dactarni. ? (@angry_tweetie) May 12, 2021
ގާޒާ އަށް ބޮން އަޅައި ކުޑަކުދިންނާއި އަންހެނުންނާއި އެތައް ބަޔަކު މަރަމުން ދާއިރު ކަންގަނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައި ވަނީ އިޒުރޭލުން ކުރަނީ ހައްގު މަސައްކަތެއް ކަމަށެވެ.
You don't have to be Muslim to stand up for Palestinians you just have to be Human.
— Zargony (@Zargony2) May 13, 2021
And she's not.
That's it that's the tweet#KanganaRanaut
ކަންގަނާ ބުނި ގޮތުގައި ހަރުކަށި އިސްލާމީ ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރެވޭނީ އިޒުލޭލުން ފަލަސްތީނަށް ދެމުންދާ ފަދަ ހަމަލާތައް ދީގެންނެވެ. އަދި އެފަދަ ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއް ނޫން ކަމަށާއި އެއީ ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރާ މަސައްކަތްތަކެއް ބުންޏެވެ.
ކަންގަނާ ބުނި ގޮތުގައި މުޅި އިންޑިއާ އޮތީ އިޒްރޭލާ އެކީގަ އެވެ.
ކަންގަނާ އަކީ އަބަދު ވެސް އޭނާ ހިތަށް އެރި ވާހަކައެއް ހިތަށް އެރި ހިތަށް އެރި ގޮތަކަށް ދައްކާ ބަތަލާއެކެވެ. އަދި މިކަމާ ހެދި ބޮލީވުޑްގެ ގިނަ ބަޔަކާ އޭނާއާ އޮންނަނީ ގުޅުން ކެނޑިފަ އެވެ.
ފަލަސްތީނަށް އެމާ ތާއީދުކުރާތީ އިޒުރޭލަށް ހަޖަމެއްނުވި
ބޮލީވުޑްގެ ތަރިންތަކެއް ހައްޔަރުކުރަން އެދި ކޯޓަށް
"އިންޑިއަން ވޭރިއަންޓް" ސޯޝަލް މީޑިއާގައި މަނާކޮށްފި
އިޒްރޭލުގެ އަނިޔާވެރިކަމާ އެކު ގަލް އަށް ފާޑުކިޔުން
ކަންގަނާ ހުރީ ޓްވިޓާ އަލުން ލިބޭނެ ކަމުގެ އުއްމީދުގައި
މިއީ ވެސް ހަމަ "ސްރީދޭވީއެއް"
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ކަންގަނާގެ ކޮވިޑް ޕޯސްޓް އިންސްޓަގްރާމުން ޑިލީޓްކޮށްފި
ހުރިހާ ކަމަކާ ބެހޭ ކަންގަނާ ޓްވިޓާ އިން ބޭރުކޮށްފި
ބޭރުގެ ފަންނާނުން އިންޑިއާއާ "ބެހޭތީ" ހެމާ ނުރުހިއްޖެ