Roadha Mihaaru
ވޯލްޑް ކަލިނަރީ އެވޯޑަށް އެމްއެންޔޫ ނޮމިނޭޓްވެއްޖެ

ވޯލްޑް ކަލިނަރީ އެވޯޑަށް އެމްއެންޔޫ ނޮމިނޭޓްވެއްޖެ

07 ސެޕްޓެމްބަރ 2021

ދުނިޔޭގެ ކަލިނަރީ އެވޯޑަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ނޮމިނޭޓުވެއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދުނިޔޭގެ ކަލިނަރީ އެވޯޑަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ނޮމިނޭޓުވެއްޖެ އެވެ.

ވޯލްޑް ޓްރަވެލް އެވޯޑްސްގެ ދަށުން 1994 އިން ފެށިގެން ދެމުން އަންނަ މި އެވޯޑަށް އެމްއެންޔޫ ނޮމިނޭޓު ވީ "އިންޑިއަން އޯޝަންގެ ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން 2021" ކެޓެގަރީންނެވެ. މިއީ މި ކެޓެގަރީ އަށް ރާއްޖެ ނޮމިނޭޓުވި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަލިނަރީ އެވޯޑަށް އިތުރު ތިން އިންސްޓިޓިއުޓެއް ވަނީ ނޮމިނޭޓު ވެފަ އެވެ. އެގޮތުން މޮރިޝަސްގެ ދެ އިންސްޓްޓިއުޓަކާއި ޝީސެލްސްގެ އިންސްޓިޓިއުޓެއް މި ކެޓެގަރީ އަށް ވާދަކުރެ އެވެ.

މި މަހުގެ 17 ގެ ކުރިން ވޯޓުލުމަށް ހުޅުވާލާފައިވާ މި އެވޯޑަށް ވޯޓު ލެވޭނީ އެމްއެންޔޫގެ ފޭސްބުކުގައި ޕޯސްޓު ކޮށްފައިވާ ލިންކުންނާއި ވޯލްޑް ކަލިނަރީ އެވޯޑްގެ ވެބްސައިޓުންނެވެ.

"މިއީ ރާއްޖެ އަށް އަލަށް ނޮމިނޭޓުވި އެވޯޑެއް. އަޅުގަނޑުމެން އެދެނީ ވީހާ ވެސް ގިނަ ބަޔަކު މި އެވޯޑަށް ވޯޓު ދެއްވުން. އަޅުގަނޑުމެންގެ ފޭސްބުކުން ވެސް ވޯޓު ލެވޭނެ. އީމެއިލް އަދި ފޭސްބުކް އެކައުންޓު ގެންގުޅުއްވާ ބޭފުޅުންނަށް ވޯޓު ލެވޭނެ،" އެމްއެންޔޫގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވޯޓުލުމަށް ބާކީ އޮތީ 10 ދުވަސް ކަމަށް ވާތީ ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.