Roadha Mihaaru
"މަނީ ހައިސްޓް" ގެ ޕްރޮފެސަރާ ވައްތަރު ސޭޓެއް!

"މަނީ ހައިސްޓް" ގެ ޕްރޮފެސަރާ ވައްތަރު މީހަކު ޕާކިސްތާނުގައި

08 ސެޕްޓެމްބަރ 2021

އާންމުންގެ މެދުގައި މަގުބޫލު ސީރީޒް "މަނީ ހައިސްޓް" ގެ ވާހަކަ މި ދުވަސްކޮޅު ތަންކޮޅެއް ގިނައިން ދެކެވޭނެ އެވެ. ސަބަބަކީ އޭގެ ފަހު އަދި ފަސް ވަނަ ސީޒަންގެ "ވޮލިއުމް 1" ނެޓްފްލިކްސް އިން މި މަހުގެ 2 ގައި ސްޓްރީމްކުރަން ފަށާފައި ވާތީ އެވެ. ވޮލިއުމް 2 އަންނާނީ ޑިސެމްބަރު 3 ގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުންގެ މެދުގައި މަގުބޫލު ސީރީޒް "މަނީ ހައިސްޓް" ގެ ވާހަކަ މި ދުވަސްކޮޅު ތަންކޮޅެއް ގިނައިން ދެކެވޭނެ އެވެ. ސަބަބަކީ އޭގެ ފަހު އަދި ފަސް ވަނަ ސީޒަންގެ "ވޮލިއުމް 1" ނެޓްފްލިކްސް އިން މި މަހުގެ 2 ގައި ސްޓްރީމްކުރަން ފަށާފައި ވާތީ އެވެ. ވޮލިއުމް 2 އަންނާނީ ޑިސެމްބަރު 3 ގަ އެވެ.

"މަނީ ހައިސްޓް" އާ ގުޅުވައިގެން މިހާރު ސޯޝަލް މީޑިއާގައި ދެކެވެނީ އޭގެ އެންމެ ވަރުގަދަ އެއް ކެރެކްޓާ ކަމަށްވާ ޕްރޮފެސަރު ސާޖިއޯ މާކްއިނާގެ ރޯލު ކުޅެފައިވާ އެކްޓަރު އަލްވާރޯ މޯޓްއާ މާ ވައްތަރު މީހަކު ޕާކިސްތާނުން ފެނިގެން އުޅޭ ވާހަކަ އެވެ.

އެ މީހާ އަކީ އާދައިގެ ފިހާރައެއް ހިންގާ މީހެކެވެ. އޭނާ ފިހާރަ ތެރޭގައި ކައުންޓަރު ކައިރީގައި ހުންނަ މަންޒަރު ފެންނަ ފޮޓޯ އިން "މަނީ ހައިސްޓް" ގެ ޕްރޮފެސަރާ ވަރަށް ވައްތަރު ކަމަށް ބުނެ އެކި މީހުން އަންނަނީ ޓްވީޓްކުރަމުންނެވެ.

އެ ފޮޓޯ ޓްވީޓްކުރީ މަލައިކާ ކިޔާ މީހެކެވެ. އެއާ އެކު އެތައް ބައެއްގެ ސަމާލުކަން ލިބި، ސޭޓާއި ޕްރޮފެސަރު ވައްތަރުކަމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެކަމަކު ޕާކިސްތާނުން ފެނުނު، ޕްރޮފެސަރާ ވައްތަރު މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ނޭނގެ އެވެ.

މަޝްހޫރު މީސްމީހުންނާ ވައްތަރު މީހުން ފެނިގެން އާންމުންގެ ސަމާލުކަން ލިބުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ވަރަށް ފަހުން ޕާކިސްތާނުން ފެނުނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވައްތަރު މީހެކެވެ. އެއީ މަގުމަތީގައި ލޮލީ ވިއްކަން އުޅޭ މީހެކެވެ.

މިދިޔަ ހަފުތާގައި ހޮލީވުޑްގެ ތަރި ޑްވޭން ޖޯންސަން (ރޮކް) އާ މައްވަރު މީހަކު ވެސް އެމެރިކާ އިން ފެނިގެން އެ ވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ.