09 ސެޕްޓެމްބަރ 2021
އަފްގާނިސްތާނުގެ ކުރީގެ ވެރިކަން އޮތް ދުވަސްވަރު ސަރުކާރު އޮފީސްތަކުގައި ވަޒީފާ އަދާކުރި އެންމެން، އެނބުރި ވަޒީފާތަކަށް ނުކުތުމަށް، ތާލިބާން ޖަމާއަތުން އެ ގައުމުގެ ވަގުތީ ބޮޑުވަޒީރުގެ މަގާމަށް ކަނޑައެޅި މުއްލާ މުހައްމަދު ހަސަން އާޚުންދް ގޮވާލައްވައިފި އެވެ.
އަފްގާނިސްތާނުގެ ކުރީގެ ވެރިކަން އޮތް ދުވަސްވަރު ސަރުކާރު އޮފީސްތަކުގައި ވަޒީފާ އަދާކުރި އެންމެން، އެނބުރި ވަޒީފާތަކަށް ނުކުތުމަށް، ތާލިބާން ޖަމާއަތުން އެ ގައުމުގެ ވަގުތީ ބޮޑުވަޒީރުގެ މަގާމަށް ކަނޑައެޅި މުއްލާ މުހައްމަދު ހަސަން އާޚުންދް ގޮވާލައްވައިފި އެވެ.
އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި މުއްލާ މުހައްމަދު ވިދާޅުވީ ތާލިބާނުން ގައުމު ހިފުމާ ވިދިގެން ގައުމު ދޫކޮށް ދިޔަ މީހުން ވެސް އެނބުރި ގައުމަށް އައިސް، ގައުމު ބިނާކުރުމުގައި ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ވަޒީފާ އަދާކުރި މީހުންގެ ސަލާމަތާއި ރައްކާތެރިކަން، ތާލިބާނުން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި އަފްގާނިސްތާނަށް އެކި ގައުމުތަކުން ކަނޑައަޅާފައި ތިބި ޑިޕްލޮމޭޓުންނާއި އެމްބަސީތަކަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ހުޅަނގުގެ ހުރިހާ އެންމެންނަށް ވެސް، އަފްގާނިސްތާނުގެ ވަގުތީ ސަރުކާރުން، ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދޭނެ އެވެ.
މުއްލާ މުހައްމަދު ވިދާޅުވީ ތާލިބާނުން ބޭނުންވަނީ، ހުރިހާ ގައުމުތަކާ އެކު ވެސް ވަރަށް ރަނގަޅު ބަދަހި ގުޅުމެއް އުފައްދަން ކަމަށެވެ. އޭގެ ތެރޭގައި އަވައްޓެރި ގައުމުތަކާއި ދުރު ގައުމުތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްގާނިސްތާނުގެ ތާރީހުން މުޅިން އާ ސޮފުހާއެއް ލިޔަން ފަށާފައިވާ އިރު، އަފްގާނިސްތާނުގެ ވަގުތީ ސަރުކާރުގެ ކޮނޑުގައި، ގައުމުގެ ރައްޔިތުންގެ ހައްގުގައި އަދާކުރަންޖެހޭ ވަރަށް މަތީ ޒިންމާތަކެއް ހުރި ކަމަށް މުއްލާ މުހައްމަދު ވިދާޅުވި އެވެ. އަދި، ދެ ވަނަ ފަހަރަށް ގައުމުގެ ވެރިކަން ތާލިބާނުންނަށް ލިބުމަކީ، ތާލިބާނުންނާ ކުރިމަތިވި ވަރަށް ވަރުގަދަ އިމްތިހާނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަހަރެމެންނަށް މާލީ ގޮތުން ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބިއްޖެ. އަދި އަފްގާނިސްތާނުގެ މުޅި ތާރީހަށް ބަލާއިރު، މި ތާރީހީ ވަގުތާ ހަމައަށް އާދެވުނު އިރު އެތައް ބައެއްގެ ފުރާނަ ގެއްލިއްޖެ. ލޭއޮހޮރުވުމާއި މީހުން މެރުމާއި މީހުންނަށް އަނިޔާކުރުމުގެ އަމަލުތައް އަފްގާނިސްތާނުގައި ނިމުމަކަށް މިއައީ. މިފަދަ އަމަލުތަކަށް އަހަރެމެން ވަރަށް ބޮޑު އަގެއް އަދާކޮށްފިން،" މުއްލާ މުހައްމަދު ވިދާޅުވި އެވެ.
އޭނާގެ މި ވާހަކައިގައި ވެސް، މިދިޔަ 20 އަހަރުގެ ތެރޭގައި އަފްގާނިސްތާނުގައި ތިބި ހުޅަނގުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިން އަފްގާނު ރައްޔިތުންނަށް، ތާލިބާނުން މައާފުކުރި ކުރުން އިތުރަށް ހަނދާން ކޮށްދެއްވި އެވެ.
"ތިމަންނާ މިހިރީ ބަދަލުހިފުމުގެ އަމަލުތަކަކާ ކުރިމަތިލާންޖެހިފައި ކަމަކަށް، ހަމަ އެކަކަށް ވެސް ސާބިތެއް ނުކޮށްދެވޭނެ. ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ކަމެއް ކުރެވިދާނެ. އެކަމަކު (ތާލިބާނުންގެ) ހަރަކާތް މިއޮތީ ވަރަށް މަތިވެރި އަހުލާގީ މިންގަނޑެއްގެ މަތީގައި. އަހަރެމެންގެ ހަނގުރާމަވެރިން އެތިބީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި. އަދި އެއްވެސް މީހަކު މާޒީގައި ކޮށްފައި އޮތް ކަމަކާ ގުޅިގެން، އަހަރެމެން އެއްވެސް މީހަކަށް ގޯނާއެއްކޮށް އަނިޔާއެއް ދީފައެއް ނޯންނާނެ،" މުއްލާ މުހައްމަދު ވިދާޅުވި އެވެ.
"އެހެންކަމުން، މި އިސްލާމީ ގައުމަށް، ހާއްސަކޮށް އަފްގާނިސްތާނުގެ ރައްޔިތުންނަށް އަހަރެން ކަށަވަރުކޮށްދެން، އަހަރެމެން ބޭނުންވަނީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ގެންދަން. އަހަރެމެން ބޭނުންވަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ކާމިޔާބަށް ވާސިލްވެވޭނެ ގޮތްތައް. އަހަރެމެން މި މަސައްކަތް ކުރަނީ އިސްލާމީ ނިޒާމެއް ގާއިމުކުރަން. މި ބަރަކާތްތެރި މަސައްކަތުގައި އަހަރެމެންނާ އެކުގައި ހުރިހާ އެންމެންވެސް ބައިވެރިވުމަށް އަހަރެން ގޮވާލަން."
ތާލިބާނުންގެ ސަރުކާރުގެ މުހިންމު މަގާމުތަކުގެ ތެރެއިން މިހާތަނަށް އިއުލާންކުރީ 33 މަގާމެކެވެ. އޭގެ ތެރެއިން 14 މަގާމަކަށް އައްޔަންކުރީ، 1996-2001 އަށް ތާލިބާނުން ވެރިކަން ކުރި ދުވަސްވަރު ވެސް ސަރުކާރުގެ މުހިންމު މަގާމުތައް ފުރުއްވި ބޭފުޅުންނެވެ. އަދި އޭގެ ތެރެއިން ފަސް ބޭފުޅުންނަކީ، އަފްގާނު ހަނގުރާމައިގައި އެމެރިކާ ސިފައިން ހައްޔަރުކޮށްގެން ގެންގޮސް ކިއުބާގެ ގުއަންޓަނާމީ ބޭ ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު މިނިވަންކޮށްފައި ތިބި ފަސް ބޭފުޅެކެވެ. ބާކީ 12 ބޭފުޅުންނަކީ، ތާލިބާނުންގެ ދެ ވަނަ ޖީލުގެ މެމްބަރުންނެވެ.
ތާލިބާނުން މިހާތަނަށް އިއުލާން ކުރި މަގާމުތަކުގައި އެއްވެސް އަންހެނަކު ހިމަނާފައި ނުވާތީ އާއި، އަފްގާނިސްތާނުގެ ތަފާތު ގަބީލާތައް ހިމަނާފައި ނުވާތީ، ހުޅަނގުގެ ގައުމުތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. ގައުމުގެ ހުރިހާ ދަރިކޮޅުތަކާއި ހުރިހާ ގަބީލާތައް ސަރުކާރުގައި ހިމަނާނެ ކަމަށް ތާލިބާނުން ބުނެފައިވާ އިރު، މިހާތަނަށް އިއުލާން ކުރި ވަޒީރުންނާއި ވަޒީރުންގެ ނައިބުންގެ ގޮތުގައި މުޅިން ވެސް ތިއްބެވީ، ތާލިބާނުން ނިސްބަތްވާ ޕަޝްތޫ ދަރިކޮޅުގެ މީހުންނެވެ.
ޗައިނާ އާއި އުޒްބަކިސްތާނުން ބުނެފައިވަނީ ތާލިބާނުންގެ އާ ސަރުކާރާ އެކުގައި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް ވިލާތުގެ އިއްތިހާދާއި އދ. މަޖިލީހުން ބުނެފައިވަނީ ތާލިބާނުން އާ ސަރުކާރު އެކުލަވައިލި ގޮތް ބަލައިނުގަނެވޭނެ ކަމަށެވެ.
އެމެރިކާ އިން ބުނީ އެމެރިކާ އިން ބަލާނީ ތާލިބާނުން ދައްކާ ވާހަކައަށް ނޫން ކަމަށާއި އަމަލުކުރާ ގޮތަކަށް ކަމަށެވެ. އަދި މިހާރު އެކުލަވާލާފައި އޮތް ވަގުތީ ސަރުކާރުގައި ވެސް އެހެން ދަރިކޮޅުތައް ހިމަނާފައި ނުވާތީ، އަފްގާނިސްތާނުގެ ކުރިމަގުގެ ހަމަޖެހުމަށް މާ ހަރުދަނާ ކަމެއް ނުކުރެވޭނެ ކަމަށް ވެސް، އެމެރިކާ އިން ބުންޏެވެ.
އަފްގާން ރެފިއުޖީން އެ ގައުމުން ނެރެދިނުމަށް ގޮވާލައިފި
ތާލިބާނުންގެ އިސް ވަފުދެއް ތުރުކީ އަށް
އަފްގާނުގައި ރަސްކަމުގެ ދުސްތޫރު ހިންގަން ފަށަނީ
އަފްގާނު މަންދޫބު އދ. އިން ބޭރުކޮށްފި
އދ.ގައި އަފްގާން ތަމްސީލު ކުރާނީ ކާކު؟
ސަރުކާރާ މެދު ތާލިބާންގެ ވެރިންގެ މެދުގައި ދެބަސްވުން
ގަތަރުގެ ހާރިޖީ ވަޒީރު ކާބުލްގައި
ދެ ޖިންސް މަސްހުނި ނުވާ ގޮތަށް އަންހެނުންނަށް ކިޔެވޭނެ
ތާލިބާނުންގެ ސަރުކާރު ގަބޫލެއް ނުކުރަން: އެމެރިކާ
ދުނިޔެ އިން ތާލިބާނުންގެ އާ ސަރުކާރު ބަލައިގަންނާނެތަ؟