Roadha Mihaaru
އީރާނަށް ފާރަލާން ހާއްސަ މަސައްކަތެއް އެމެރިކާ ފަށަނީ

އީރާނަށް ފާރަލުމަށް އެމެރިކާ އިން އަސްކަރީ ހަރަކާތްތަކެއް ފަށަނީ

09 ސެޕްޓެމްބަރ 2021

މެދުއިރުމަތީގެ ކަނޑުގެ ހާއްސަ އަސްކަރީ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށް، އެމެރިކާގެ ކަނޑުގެ ސިފިއިންގެ ފަސް ވަނަ ލަޝްކަރުން އިއްޔެ ބުނެފި އެވެ.

މެދުއިރުމަތީގެ ކަނޑުގެ ހާއްސަ އަސްކަރީ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށް، އެމެރިކާގެ ކަނޑުގެ ސިފިއިންގެ ފަސް ވަނަ ލަޝްކަރުން އިއްޔެ ބުނެފި އެވެ.

މެދުއިރުމަތީގައި ގާއިމުކޮށްފައި އޮންނަ ފަސް ވަނަ ލަޝްކަރުން ބުނި ގޮތުގައި، އަސްކަރީ ހަރަކާތްތަކެއް މިފަށަނ، މެދުއިރުމަތީގައި ކަނޑު މަގުން ދަތުރުކުރާ އުޅަނދުތަކަށް، އީރާނާއި އީރާނާ ގުޅުން ހުރި ފަރާތްތަކުން ކުރިމަތިވާ ހަމަލާތަކާއި ހުރަސްތައް ގިނަވެފައިވާތީ އެވެ. މި އަސްކަރީ ހަރަކާތްތަކުގައި ޑްރޯން މަތިންދާބޯޓުތަކާއި މަނަވަރުތަކުގެ އިތުރުން ކަނޑު އަޑީގައި ދުއްވާ ޑްރޯންތައް ވެސް ބޭނުންކުރާނެ އެވެ.

ބަހްރައިންގައި ގާއިމު ކޮށްފައި އޮންނަ ފަސް ވަނަ ލަޝްކަރުގެ ސިފައިން، މެދުއިރުމަތީގައި ހިންގަން ފަށާ އަސްކަރީ ހަރަކާތުގައި ކުރިއަށް ގެންދާނީ ކޮން ކަންތައްތަކެއް ކަމެއް ސާފުކޮށް އަދި ނުބުނެ އެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ކަނޑު މަގުން ކުރާ ތެލުގެ ވިޔަފާރި ދަތުރުތަކާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ހަރަކާތްތަކަށް ވާނުވާ ގޮތް، އެމެރިކާގެ އަސްކަރީ ޑްރޯންތަކުން ކުރިއަށް މަސްތަކުގައި ބަލަމުން ދާނެ އެވެ.

ފަސް ވަނަ ލަޝްކަރުގެ ކޮމާންޑަރު ވައިސް އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވި ގޮތުގައި ގަލްފު ސަރަހައްދުގައި ކަނޑުމަގުން ކުރާ ވިޔަފާރި ދަތުރުތަކަށް ވާނުވާ ބެލުމަށްޓަކައި، ކަނޑުމަތީގަ އާއި ކަނޑު އަޑީގައި އެމެރިކާގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރިވާނެ އެވެ.

ޖޫން 29، 2020 ގައި ޑްރޯން ހަމަލާއެއް އަމާޒުވި، އިޒްރޭލު ކުންފުންޏެއްގެ ތެޔޮ ބޯޓު، އެމިރޭޓްސް ކައިރިން ދަތުރު ކުރަނީ. --އޭއެފްޕީ

ޖޫން 29، 2020 ގައި ޑްރޯން ހަމަލާއެއް އަމާޒުވި، އިޒްރޭލު ކުންފުންޏެއްގެ ތެޔޮ ބޯޓު، އެމިރޭޓްސް ކައިރިން ދަތުރު ކުރަނީ. --އޭއެފްޕީ

އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސް ވަނަ ލަޝްކަރުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި އާއި ސުވޭސް ކެނެލް އާއި ބާބުލް މުންދަބް ކަނޑުއޮޅި ހިމެނެ އެވެ. މީގެ ތެރެއިން ހޮރްމުޒް ކަނޑުއޮޅި އަކީ އަރަބި ގަލްފުގެ ތެރެއިން އަރަބި ކަނޑަށް ނުކުމެވޭ ގޮތަށް، އީރާނާއި އެމިރޭޓްސްއާ ދެމެދު އޮންނަ ކަނޑުއޮޅިއެކެވެ. އަދި އަރަބި ގަލްފުގެ ތެރެއިން ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ 20 ޕަސެންޓް ތެޔޮ ބޭރަށް ގެންދަނީ މި ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުގަ އެވެ.

މި ސަރަހައްދުގައި ކަނޑުމަގުން ކުރާ ވިޔަފާރި ދަތުރުތަކަށް، އީރާނުންނާއި އީރާނާ ގުޅުން ހުންނަ ހަތިޔާރު އެޅި އެކި ޖަމާއަތްތަކުން ދޭތެރެ ދޭތެރެއިން ނުރައްކާ ކުރެ އެވެ. އެހެންކަމުން، ގަލްފުން ތެޔޮ ބޭރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ގޮތެއް ބެލުމަށް، އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސް ވަނަ ލަޝްކަރާއި، ޕެސިފިކް ކަނޑުގެ ލަޝްކަރު ގުޅިގެން ދާދި ފަހުން ވަނީ ތަމްރީނުތަކެއް ވެސް ބާއްވައިފަ އެވެ.

އެ ތަމްރީނުތަކުގައި ފަރިތަކުރީ، އަސްކަރީ ޑްރޯން މަތިންދާބޯޓުތަކާއި މަނަވަރުފަހަރާއި ކަނޑުގައި ދުއްވާ ޑްރޯން ލޯންޗުތަކާއި ކަނޑުއަޑީގައި ދުއްވާ ޑްރޯން ސަބްމެރިން ބޭނުންކޮށްގެން، އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓާނެ ގޮތްތަކެވެ. ކަނޑުއަޑީގައި ދުއްވާ ޑްރޯންތަކަކީ ޓްރޮޕީޑޯ އިން ހަމަލާ ދެވޭ ފެންވަރަށް ބަނދެފައިވާ އުޅަނދުތަކެކެވެ.

ހޮރްމޫޒް ކަނޑުއޮޅިން ޖެނުއަރީ 2020 ގައި ދަތުރުކުރި އިނގިރޭސި ވިލާތުގެ ދިދަ ހުރި އާގުބޯޓު ސްޓެނާ އިމްޕެރޯ، އީރާން ސިފައިން ހިފަހައްޓަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ހޮރްމޫޒް ކަނޑުއޮޅިން ޖެނުއަރީ 2020 ގައި ދަތުރުކުރި އިނގިރޭސި ވިލާތުގެ ދިދަ ހުރި އާގުބޯޓު ސްޓެނާ އިމްޕެރޯ، އީރާން ސިފައިން ހިފަހައްޓަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތްކުރާ ހޫތީ ހަނގުރާމަވެރިން ދާދިފަހުން ވަނީ، ގޮވާތަކެތި ހަރުކޮށްފައި ހުރި ކުދިކުދި ޑްރޯން ލޯންޗްތަކަކާއި ދެފެން ދޭތެރޭގައި ހުންނަ ކަނޑު މައިންތަކެއް، ބާބުލް މުންދަބް ކަނޑުއޮޅި ތެރެއަށް ދޫކޮށްލައިފަ އެވެ. ތެޔޮ ބަރުކޮށްގެން ދަތުރުކުރި ބައެއް އާގުބޯޓުފަހަރު އެތަކެތީގައި ޖެހިގެން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

އޭގެ އިތުރުން އެމިރޭޓްސްގެ އައްސޭރިފަށާ ކައިރިން ހޮރްމުޒް ކަނޑުއޮޅި ތެރެއިން ދަތުރުކުރި ތެޔޮ ޓޭންކަރެއް، އީރާންގެ ކަނޑުގެ ސިފައިން ދާދި ފަހުން ވަނީ ހިފަހައްޓައިފަ އެވެ.