24 ޖެނުއަރީ 2022
ގަސް ކާނާގެ ބާވަތެއް ބަރުކޮށްގެން، ދަތުރުކުރި އީރާނުގެ އާގުބޯޓެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހިފަހައްޓާފައިވާ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.
ގަސް ކާނާގެ ބާވަތެއް ބަރުކޮށްގެން، ދަތުރުކުރި އީރާނުގެ އާގުބޯޓެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހިފަހައްޓާފައިވާ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި 40 ޓަނުގެ ގަސްކާނާ ހިފައިގެން ދަތުރުކުރި ބޯޓު ދަތުރު ކުރަމުން ދިޔައީ، މީގެ ކުރިން ޔަމަންގެ ހޫތީންނަށް ވަގަށް ހަތިޔާރު ގެންގޮސްދޭ އުޅަނދުތައް އާންމުކޮށް ދަތުރުކުރާ މަގަކުންނެވެ. އަދި އެ ބޯޓުގައި ހުރި ގަސްކާނާގެ ބާވަތެއް ކަމަށްވާ ޔޫރިއާއަކީ، އަމިއްލައަށް އުފައްދާ ގޮވާތަކެތި ތައްޔާރުކުރުމުގައި، ހަނގުރާމަވެރިން ވަރަށް ގިނައިން ބޭނުންކުރާ މާއްދާއެކެވެ.
ބަހްރައިންގައި ގާއިމުކޮށްފައި އޮންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސް ވަނަ ލަޝްކަރުގެ މަނަވަރަކުން، އިއްޔެ ހިފެހެއްޓި ބޯޓު ދަތުރު ކުރަމުން ދިޔަ އިރު، އޭގައި އެއްވެސް ގައުމެއްގެ ދިދައެއް ނެތެވެ. އެހެން ނަމަވެސް އެ ބޯޓު ދަތުރުކުރީ، މީގެ ކުރިން އީރާނުން ޔަމަނަށް ހަތިޔާރު ގެންދިއުމަށް ބޭނުންކުރާ މަގަކުން ކަމަށްވާތީ، އެމެރިކާގެ މަނަވަރުން އެބޯޓު ހިފަހައްޓައިގެން ބަލައި ފާސްކުރި އިރު، އެއީ އީރާނުން މުދާ ބަރުކޮށްގެން ދަތުރުކުރާ ބޯޓެއްކަން ވަނީ އެނގިފަ އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު ހިފެހެއްޓި ބޯޓަކީ، ޔަމަނަށް ހަތިޔާރު ހިފައިގެން ދަތުރު ކުރަނިކޮށް މިދިޔަ އަހަރުގެ ތެރޭގައި ވެސް ހިފެހެއްޓި ބޯޓެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ބޯޓު ހިފެހެއްޓިއިރު، އޭގެ ފަލުކާ ފުރެންދެން ހުރީ އޭކޭ-47 ގެ ބަޑި އާއި އާރްޕީޖީ ކަމަށް އެމެރިކާ ސިފައިން ބުންޏެވެ.
އެމެރިކާ އާއި ޔަމަން ސަރުކާރުން އަދި ޔަމަން ސަރުކާރަށް ވާގިވެރިވާ އަރަބި ގައުމުތަކުގެ ގުޅިފައިވާ ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ޔަމަންގައި ހަނގުރާމަކުރާ ހޫތީ ހަނގުރާމަވެރިންނަށް އަސްކަރީ މަދަދާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ އީރާނު ސަރުކާރުންނެވެ.
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
ސުލްހައިގެ ވާހަކަތަކަށް ސައޫދީގެ ވަފުދެއް ޔަމަންގައި
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
"ހަމަލާތަކާ ހެދި ތެޔޮ މަދުވިޔަސް ޒިންމާއެއް ނުވާނަން"
ހޫތީންނަކީ ޓެރަރިސްޓުން ކަމަށް އދ. އިން ނިންމައިފި
ޔަމަން ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ: ލުބްނާން
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް