Roadha Mihaaru
ފާރިސީ ގަލްފުގައި އެމެރިކާ އާއި އީރާން ކޯޅެނީ

ފާރިސީ ގަލްފުގައި އެމެރިކާ އާއި އީރާންގެ ކޯޅުން އިތުރުވަނީ

21 ޖޫން 2022

ގަލްފު ސަރަހައްދުގައި އެމެރިކާ އާއި އިޒްރޭލުގެ ނުފޫޒު ފެތުރުން އިތުރުވަމުން ދާއިރު، ގަލްފު ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި އީރާންގެ ކަނޑުމަތީ ލަޝްކަރުގެ އުޅަނދުތަކާ ދެމެދު އިއްޔެ ވެސް، ކުރިމަތިލުންތަކެއް ނުހިނގީ ކިރިޔާ ކަމަށް ހުޅަނގުގެ ނޫސްތަކުން ބުނެފި އެވެ.

ގަލްފު ސަރަހައްދުގައި އެމެރިކާ އާއި އިޒްރޭލުގެ ނުފޫޒު ފެތުރުން އިތުރުވަމުން ދާއިރު، ގަލްފު ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި އީރާންގެ ކަނޑުމަތީ ލަޝްކަރުގެ އުޅަނދުތަކާ ދެމެދު އިއްޔެ ވެސް، ކުރިމަތިލުންތަކެއް ނުހިނގީ ކިރިޔާ ކަމަށް ހުޅަނގުގެ ނޫސްތަކުން ބުނެފި އެވެ.

އިއްޔެ ދެ ފަރާތުގެ މެދުގައި މަސްރަހު ހޫނުވީ، ފާރިސީ ގަލްފުގެ ތެރެއިން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އެމެރިކާގެ ދެ މަނަވަރެއް ދަތުރުކުރަނިކޮށް، އީރާންގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް ބާރު ދުވެލީގައި އެ ދެ މަނަވަރާ ދިމާލަށް ދަތުރުކުރުމުންނެވެ.

ވޮޝިންޓަން ޕޯސްޓް ދުވަހު ނޫހުގައި ބުނެފައިވާ ގޮތުން، އެމެރިކާގެ މަނަވަރު ޔޫއެސްއެސް ސިރޮކޯ އާއި ޔޫއެސްއެންއެސް ޗޮކްޓޯ ކައުންޓީއާ ދިމާލަށް ބާރު ދުވެލީގައި އައި، އީރާންގެ ތިން ސްޕީޑް ބޯޓު އޭގެ މިސްރާބު ބަދަލުކުރީ، ޔޫއެސްއެސް ސިރޮކޯ އިން އިންޒާރު ދިނުމުންނެވެ. އީރާންގެ ތިން އުޅަނދު އެމެރިކާގެ ދެ މަނަވަރާ 45 މީޓަރު ކައިރިއަށް އައި ކަމަށްވެ އެވެ.

އެމެރިކާގެ މަނަވަރު ޔޫއެސްއެންއެސް ޗޮކްޓޯ ކައުންޓީއާ

އެމެރިކާގެ މަނަވަރު ޔޫއެސްއެންއެސް ޗޮކްޓޯ ކައުންޓީއާ

އެމެރިކާގެ އަސްކަރިއްޔާ އިން ތުހުމަތުކުރާ ގޮތުގައި އީރާންގެ ތިން އުޅަނދުވެސް ބާރު ދުވެލީގައި އައީ އެމެރިކާގެ މަނަވަރުގައި ޖެއްސުމަށް ނުވަތަ އެ މަނަވަރަށް ހަމަލާ ދިނުމަށެވެ. ނަމަވެސް އެމެރިކާ މަނަވަރުން އިންޒާރު ދިނުމުން އެ އުޅަނދުތައް އޭގެ މިސްރާބު ބަދަލުކޮށް ދުރަށް ދިޔައީ އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި، އީރާނާއި އެމެރިކާއާ ދެމެދު ވަނީ ވަރަށް ބޮޑަށް ދެބަސްވުން އުފެދިފަ އެވެ. އޭގެ އިތުރުން، އީރާންގެ ނުރައްކަލުން ދިފާއުވުމުގެ ބޭނުމުގައި އިޒްރޭލުގެ ރާޑަރު ނިޒާމުތަކެއް އެމިރޭޓްސް އާއި ބަހްރައިންގައި ގާއިމުކުރި މައްސަލައިގައި ވެސް، އީރާނާއި އިޒްރޭލާ ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފަ އެވެ.

އީރާންގެ އިންގިލާބީ ލަޝްކަރުގެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ކާނަލް ހަސަން ސައްޔާދު ޚަދާޔީ އަވަހާރަކޮށްލި މައްސަލަ އާއި ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ވައިގެ ބަނދަރަށް އިޒްރޭލުން މިސައިލް ހަމަލާތަކެއް ދިން މައްސަލައިގައި ވެސް، އީރާން ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެފަ އެވެ.