Roadha Mihaaru
ތޮއްޑޫގެ ގްރޭޑް 11ގެ ކުދިންގެ ހަރަދު ކައުންސިލުން

ތޮއްޑޫގައި ގްރޭޑް 11 އަށް ކިޔަވާ ކުދިންގެ ހަރަދުތައް ކައުންސިލުން ހަމަޖައްސަނީ

09 ސެޕްޓެމްބަރ 2021

އއ. ތޮއްޑޫ ސްކޫލުގައި މި އަހަރު ގްރޭޑް 11 އަށް ކިޔަވަން ބޭނުންވާ ކުދިންގެ ހަރަދުތައް އެ ރަށު ކައުންސިލުން ބަލަހައްޓާ ގޮތަށް ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އއ. ތޮއްޑޫ ސްކޫލުގައި މި އަހަރު ގްރޭޑް 11 އަށް ކިޔަވަން ބޭނުންވާ ކުދިންގެ ހަރަދުތައް އެ ރަށު ކައުންސިލުން ބަލަހައްޓާ ގޮތަށް ނިންމައިފި އެވެ.

ކައުންސިލްގެ ރައީސް އަހުމަދު ކަރަމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ގޮތަށް ނިންމީ މި އަހަރު މުޅިން އަލަށް އެ ރަށުގައި މަތީ ސާނަވީ އަށް ކިޔަވައިދޭން ފަށާތީ ވީހާ ވެސް ގިނަ ކުދިން އެ ސްކޫލުގައި ކިޔަވަން ޝައުގުވެރި ކުރުވުމުގެ ގޮތުން ކަމަށެވެ.

ކައުންސިލުން ވަނީ ކުދިންގެ އެކޮމޮޑާޝަނާއި ކެއުމާއި އަދި ފައިސާގެ އިނާޔާތްތައް އެ ކުދިންގެ ސާނަވީ ތައުލީމު ނިމެންދެން ހަމަޖައްސައިދޭން ނިންމައިފަ އެވެ.

"މި ރަށުގެ ކުދިންނަށް ވެސް އަޅުގަނޑުމެން ފައިސާގެ އިނާޔަތް ނުވަތަ ޕޮކެޓް މަނީ ދޭނެ. ޕޮކެޓް މަނީގެ އިތުރުން އެކޮމޮޑޭޝަނާއި ކެއުން ހަމަޖައްސައި ދޭނީ ރަށުން ބޭރުން މި ރަށަށް ކިޔަވަން އަންނަ ކުދިންނަށް،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިކަމަށް ޝައުގުވެރިވާ ކުދިން ރަށު ކައުންސިލަށް ގުޅައިގެން އިންތިޒާމުތައް ހަމަޖެއްސޭނެ އެވެ.

އާބާދީގައި 2،000 ވުރެ ގިނަ މީހުން ދިރިއުޅޭ ތޮއްޑޫގެ ސްކޫލުން މި އަހަރު 19 ކުއްޖަކު އޯލެވެލް އިމްތިހާނު ނިންމި އެވެ.

ރާއްޖޭގައި މި އަހަރު އޭ ލެވެލަށް ކިޔަވައިދޭން ފަށަނީ މި މަހުގެ ފަހުކޮޅު އެވެ.