14 ސެޕްޓެމްބަރ 2021
ސްރީ ލަންކާ އިން އައްޑޫ ގަމަށް ބޭއްވި ސީދާ ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން ހުއްޓާލާފައި އޮތުމަށް ފަހު ނޮވެމްބަރު 2 ގައި ފަށަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ސްރީ ލަންކާ އިން އައްޑޫ ގަމަށް ބޭއްވި ސީދާ ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން ހުއްޓާލާފައި އޮތުމަށް ފަހު ނޮވެމްބަރު 2 ގައި ފަށަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ސްރީ ލަންކަން އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވީ، ދަތުރުތައް އަނެއްކާ ވެސް ފެށީ ކޮވިޑްގެ ހާލަތު ފެށުމުން އާންމުން ދަތުރުތައް ކުރަމުން އަންނާތީ ކަމަށެވެ. ސްރީ ލަންކަން އެއާލައިން މެދުވެރިކޮށް އެންމެ ފުރަތަމަ ކުރަނީ ހަފްތާ އަކު އެއް ދަތުރެވެ. ފިރާގު ވިދާޅުވީ، ރިސޯޓުތައް ހުޅުވޭ ވަރަކުން ގަމަށް އިތުރު ދަތުރުތައް ކުރާނެ ކަމަށެވެ.
ލަންކާއިން ގަމަށް ކުރަމުން އާއި ދަތުރުތައް ހުއްޓާލީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.
ޝެޑިއުލްކޮށްގެން ދަތުރުތައް ފަށާ އިރު މިދިޔަ ދުވަސްތަކުގައި ވެސް ޗާޓާކޮށްގެން ލަންކާ އިން ގަމަށް ދަތުރުތައް ކޮށްފައިވެ އެވެ.
އައްޑޫގެ އެންމެ ބޮޑު ދެ ރިސޯޓު ޝަންގްރިއްލާ ވިލިނގިލި އަދި ކެނެރީފް ރިސޯޓު ވެސް އޮތީ ކޮވިޑާ ހެދި ބަންދުކޮށްފަ އެވެ. އެ ރިސޯޓުތައް ހުޅުވާނެ ތާރީހުތަކެއް އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ގަމުން އައްޑޫއަށް އެންމެ ފުރަތަމަ ދަތުރުތަައް ފެށީ 2016 ވަނަ އަހަރު އެވެ. އޭރު ލަންކާއިން ހަފްތާއަކު ތިން ފްލައިޓް ބޭއްވި އެވެ.
ގަން އެއާޕޯޓް ދުނިޔެއާ ގުޅާލުމުގެ ދަތުރުތައް
އައްޑުއަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ
އިމަޖެންސީގައި ޖެއްސި ފްލައިޓުގެ ކްރޫއަށް ތައުރީފު
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ހުއްޓާނުލަން ނިންމައިފި
އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި
ޓީއެމްއޭ އިން އައްޑޫގައި ސީ ޕްލޭން އޮޕަރޭޝަން ފަށައިފި
އައްޑޫގައި ޓީއެމްއޭގެ އޮޕަރޭޝަން ނޮވެމްބަރުގައި
ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟
ގެއްލެން ކުޑަހިނދުކޮޅެއް، ބިރުވެރި ވަގުތުކޮޅެއް!