މިމަހުގެ 6 ވަނަ ދުވަހުގެ ދަންވަރު، އިޒްރޭލުގައި ހުރި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ޖަލްބޫއު ޖަލުން ފިލި ހަ ގައިދީންގެ ތެރެއިން މިހާތަނަށް އަތުލައިގަތް ހަތަރު ގައިދީން ހައްޔަރުކުރުމަށް ފަހު، އެމީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް އިޒްރޭލު ފުލުހުން ދީފައިވާ ކަމަށް، އެމީހުންގެ ގާނޫނީ ވަކީލުން ބުނެފި އެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ދަންވަރު، އިޒްރޭލުގައި ހުރި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ޖަލްބޫއު ޖަލުން ފިލި ހަ ގައިދީންގެ ތެރެއިން މިހާތަނަށް އަތުލައިގަތް ހަތަރު ގައިދީން ހައްޔަރުކުރުމަށް ފަހު، އެމީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް އިޒްރޭލު ފުލުހުން ދީފައިވާ ކަމަށް، އެމީހުންގެ ގާނޫނީ ވަކީލުން ބުނެފި އެވެ.
އޭގެ ތެރެއިން އިޒްރޭލު ފުލުހުން އެންމެ ބޮޑަށް އަނިޔާކޮށްފައިވަނީ ހަމާސް ޖަމާއަތުގެ ގައްސާމް ބްރިގޭޑްގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ޒަކަރިއްޔާ ޒުބައިދީ އަށް ކަމަށް ވެސް ވަކީލުން ބުނެ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ، ގައިދީންނާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އިޒްރޭލު ފުލުހުން ޒަކަރިއްޔާ ޒުބައިދީ ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑުގެ އެތަންމިތަނުގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކުރި އެވެ. އެ އަނިޔާތަކުގެ ސަބަބުން އޭނާގެ ކޯ ކަށިގަނޑަކާއި މޭކަށިތަކުން ވެސް ބައެއް ކަށިތައް ވަނީ ބިނދިފަ އެވެ.
ޕީއެލްއޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޒަކަރިއްޔާ ޒުބައިދީ ހައްޔަރުކުރުމާ ގުޅިގެން، އޭނާގެ ވަކީލެއްގެ ގޮތުގައި އިޒްރޭލުގެ ގާނޫނީ ވަކީލެއް ވަނީ ހަމަޖައްސައިދީފަ އެވެ. ގާނޫނީ ވަކީލު މިހާރު ވަނީ ޒުބައިދީއާ ބައްދަލުކޮށް އޭނާ އަށް ލިބިފައި ހުރި ގެއްލުންތައް އޮޅުންފިލުވާފައި ކަމަށް ވެސް ޕީއެލްއޯ އިން ބުންޏެވެ.
އިޒްރޭލުގެ ޖަލުން ފިލި ގައިދީންނަށް ތާއީދުކުރުމުގެ ގޮތުން ހުޅަނގު އައްސޭރީގައި ބޭއްވި އެއްވުމުގައި، އިޒްރޭލު ފުލުހުންނަށް ހުރަސް އެޅުމުގެ ގޮތުން ފަލަސްތީނު ބަޔަކު ޓަޔަރުތަކެއްގައި ރޯކޮށްގެން ތިބެ، އިޒްރޭލު ފުލުހުންނާ ދެކޮޅަށް އަޑުއުފުލަނީ. --އޭއެފްޕީ
ގާނޫނީ ވަކީލާ ހަވާލާދީ، ގައިދީންނާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ޒުބައިދީ ހައްޔަރުކޮށްގެން ޖަލަށް ގެންދިއުމަށް ފަހު، އިޒްރޭލު ފުލުހުން މިހާރު ވަނީ ޒުބައިދީ ހޮސްޕިޓަލަކަށް ގެންގޮސް ޑޮކްޓަރަށް ދައްކައިފަ އެވެ. އަދި ޑޮކްޓަރު ބަލައި އެކްސްރޭ ނެގި އިރު، ކަށިތަކެއް ބިނދިފައި ހުރިކަން އެނގުނު ނަމަވެސް ތަދުކަނޑުވާ ބޭހެއް ދިނުން ފިޔަވައި އިތުރު ފަރުވާއެއް ނުދޭ ކަމަށް، ގާނޫނީ ވަކީލާ ހަވާލާދީ އެ އިދާރާ އިން ބުންޏެވެ.
ޒުބައިދީގެ ހަށިގަނޑުގެ އެކި ތަންތަން ނޫފައިގެންފައި ހުރުމުގެ އިތުރުން ބައެއް ތަންތަން ވަރަށް ބޮޑަށް ދުޅަވެ އަދި ޒަހަމްވެފައިވެސް ހުރި ކަމަށް އެ އިދާރާ އިން ބުންޏެވެ.
އިންސާނީ ހައްގުތަކާ ބެހޭ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓާ އިން ބުނި ގޮތުގައި ޒުބައިދީ ހައްޔަރުކޮށްގެން ގެންދިއުމަށް ފަހު، ހޮސްޕިޓަލަކަށް ގެންގޮސް އައިސީޔޫ އަށް ވެއްދިކަން އެނގެ އެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އަދި ފަރުވާ ދިން ކަމެއް ވެސް ނުވަތަ ފަރުވާ ދިނީ ކޮން ކަމަކާ ގުޅިގެންކަން ވެސް ނޭނގޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ޒުބައިދީއާ ބައްދަލުކުރުމަށް ފަހު ދިފާއީ ވަކީލު ކިޔައިދިން ގޮތުގައި ޒުބައިދީ އަކީ، ގައިދީން ފިލުމަށް ކޮނުނު ބިންގަރާސް ކޮނުމުގައި ބައިވެރިވި މީހެއް ނޫނެވެ. އެ ބިންގަރާސް ކޮނެފިކަން ޒުބައިދީ އަށް އެނގުނީ ފިލުމުގެ އެއް ދުވަސް ކުރިން ކަމަށާއި، އެ ބިންގަރާހަކީ، އެ ހާދިސާގައި ފިލި އިސްލާމިކް ޖިހާދު ހަރަކާތުގެ ފަސް މީހުން އެއް އަހަރު ވަންދެން ކޮނެގެން ތައްޔާރު ކުރި ބިންގަރާހެއް ކަމަށް ވެސް ވަކީލު ބުންޏެވެ.
އިޒްރޭލުގެ ދެކުނުގައި ހުންނަ ޖަލްބޫއު ޖަލުން ފިލި ހަ ގައިދީންގެ ތެރެއިން މިހާތަނަށް ހައްޔަރު ނުކުރެވޭ ދެ މީހުންނަކީ ޔައުގޫބު ނަފީއާތު އާއި އައިހަމް ފުއާދު ކަމަމްޖީ ކަމަށް އިޒްރޭލު ފުލުހުން ބުނެ އެވެ.
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
ހުޅަނގު އައްސޭރިން އެތައް ހާސް ބަޔަކު ނެރެލައިފި
ފަލަސްތީނު މީހަކު ވެހިކަލެއްގެ ބޮނެޓް މަތީ އައްސާފައި!
ހަމަލާގެ ތުހުމަތުވާ ފަލަސްތީނު މީހެއްގެ ގެ ގޮއްވާލައިފި
އިޒްރޭލު އެޖެންޓުން ހޮސްޕިޓަލަކަށް ވަދެ ބަޔަކު މަރައިފި
"ހަމާސްއަށް ތާއީދުކުރާ" ދަރިވަރުންތަކެއް ހައްޔަރުކޮށްފި
މީހެއްގެ ގައިމަތިން އިޒްރޭލު ސިފައިން ވެހިކަލް ދުއްވި
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމަ ފަށަން ޖެހިދާނެ
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން