Roadha Mihaaru

ހުޅުމާލޭ ހައިވޭގެ ފެންސް ފަޅާލައި ކާރެއް ފުރޮޅާލައިފި

ސިނަމާލޭ ބްރިޖު ހުރަސްކޮށް ހުޅުމާލެ އަރާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލެ ވަކިކުރަން ޖަހާފައިވާ ފެންސް ފޫއަޅުވާލައި މިއަދު ކާރު އެކްސޑެންޓެއް ހިނަގައިފި އެވެ.

ހައިވޭގެ ފެންސް ފަޅާލައި ކާރެއް ފުރޮޅާލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

20 ސެޕްޓެމްބަރ 2021

ސިނަމާލޭ ބްރިޖު ހުރަސްކޮށް ހުޅުމާލެ އަރާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލެ ވަކިކުރަން ޖަހާފައިވާ ފެންސް ފޫއަޅުވާލައި މިއަދު ކާރު އެކްސޑެންޓެއް ހިނަގައިފި އެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު، ފެންސް ފޫ އަޅުވާލައި ކާރު ވަދެ، މޫދަށް ނުވެއްޓި އޮތީ ކިރިޔާ އެވެ.

އެ އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިބީ ކިތައް މީހުން ކަމެއް އަދި އެއްވެސް މީހަކަށް އަނިޔާވި ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.