Roadha Mihaaru
ޒިޔާންގެ ސިޓީ އދ.އަށް: ދުނިޔެ ހޫނުވުން ހުއްޓުވައިދީ

ޒިޔާންގެ ސިޓީ އދ.އަށް: ދުނިޔެ ހޫނުވުން ހުއްޓުވަން އެންމެން މަސައްކަތްކޮށްދީ

22 ސެޕްޓެމްބަރ 2021

ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ބަޔާންކޮށް އެކަމުގެ ކަންބޮޑުންތައް އދ.ގެ ސަމާލުކަމަށް ގެނައުމަށް ދިވެހި ދަރިވަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މެދުވެރިކޮށް ފޮނުވި ސިޓީތައް އެ މަނިކުފާނު އދ.ގައި ތަގުރީރުކުރައްވަމުން ދައްކަވައި އެ ސިޓީތަކުގެ މައިގަނޑު ވާހަކަތައް ސަމާލުކަމަށް ގެނެސްދެއްވި އެވެ. އޭގެ ފަހުން ރައީސް އެ ސިޓީތައް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހަވާލުކުރެއްވުމުން ޝާހިދު ވަނީ އޭގެ ތެރެއިން އެއް ސިޓީ ހާމަކުރައްވައިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. އުލިގަމު ސްކޫލްގެ، އުމުރުން 11 އަހަރުގެ ދަރިވަރެއް ކަމަށްވާ ޒިޔާން ސައުދުﷲ ގެ އެ ސިޓީގައި، ދުނިޔެ ހޫނުވުމާ ދެކޮޅަށް، އެންމެން ގުޅިގެން އަވަހަށް ފިޔަވަޅު އެޅުން މުހިންމުކަން ފާހަގަކޮށް އެކަމާ ގުޅޭ ކަންބޮޑުވުންތައް ލިޔެފައިވެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކި މައްސަލަތަކާ ގުޅޭގޮތުން ދަރިވަރުން ސިޓީ ލިޔެމުމަށް ހުރިހާ ސްކޫލަކަށް ވެެސް ފުރުސަތު ހުޅުވާލައިފަ އެވެ. އެއަށް ފަހު، އެ ސްކޫލަކުން އެންމެ ރަނގަޅު ފަސް ސިޓީއެއް ފޮނުވާފައިވަނީ މިނިސްޓްރީއަށެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ރަސްމީ ޓްވިޓާގައި އާންމުކުރި ޒިޔާންގެ ތިމާވެށީގެ އެކި މައްސަލަތަކުގެ ވާހަކަ ކަންބޮޑުވުންތަކާ އެކު ކިޔައިދީފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގެ 76 ވަނަ އާންމު ޖަލްސާގައި ރޭ ތަގުރީރު ކުރައްވަމުން، ދިވެހި ދަރިވަރުންތަކެއް ފޮނުވި ސިޓީތަކެއް ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގެ 76 ވަނަ އާންމު ޖަލްސާގައި ރޭ ތަގުރީރު ކުރައްވަމުން، ދިވެހި ދަރިވަރުންތަކެއް ފޮނުވި ސިޓީތަކެއް ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޒިޔާންގެ ބައްޕަ ސައުދުﷲ އިދުރީސް "މިހާރު" އަށް ބުނީ، އދ. ގެ އާއްމު މަޖިލީހުގައި ރޭ ރައީސް ތަގުރީރުކުރައްވަމުން ދަރިވަރުން ފޮނުވި ސިޓީތައް ދައްކަވާލެއްވުމުން ޒިޔާން ވަރަށް އުފާވި ކަމަށެވެ.

"އެ ކުދިންގެ ސިޓީތައް ރައީސަށް ލިބުނީއެ ބުނެލި. ވަރަށް އުފާވެފައި ހުރީ."

އެ ސިޓީތައް ދައްކަވަމުން ރައީސް ވިދާޅުވީ ކުދި ޖަޒީރާތައް ނެތި ދަނީ ތިމާވެށީގެ ސަބަބުން ކަމުގައިވާ ނަމަ ބޮޑެތި ބައްރުތަކުގެ ފަހަތުން އެ ސަބަބު މާދަމާ ދާނެ ކަމަށެވެ. ދިވެއްސަކަށް ދިރިނޫޅެވި، ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އެ ހަގީގަތްތައް ކިޔައިދީފައިވާ މާ ސާފު، ސާދާ މައުސޫމު ކަރުދާސްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވަނީ ދަރިވަރުންގެ ސިޓީތައް ދައްކާލައްވައިފަ އެވެ.

"މިއީ މި ވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތުކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. އެ ކުދިން ވެސް ހެދި ބޮޑުވެ ހަޔާތުގެ އުއްމީދުތައް ފުރިހަމަކުރަން އެދޭ ގައުމުގެ ނާޒުކު ތިމާވެށްޓާ ގުޅޭގޮތުން މި މަޖިލިހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާ. އަޅުގަނޑުމެން އެންމެންވެސް މިއަދު މި އަޑުއަހަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ޝާހިދު ޓްވީޓްކުރެއްވި ސިޓީ ލިޔުނު ޒިޔާނަކީ ތިމާވެއްޓާއި ސައިންސާ ގުޅުން ހުރި ކަންކަމަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކުއްޖެކެވެ. ސްޕޭސް ސައިންސަށް ވަކިން ބޮޑަށް ޝައުގުވެރިވާ ޒިޔާން ބޭނުންވަނީ އެސްޓްރޮނޯޓަކަށްވާށެވެ.