އެމްޑީޕީގެ ތާރީހުގައި ވެސް މިހާ ވާދަވެރި އިންތިހާބެއް ނާދެ އެވެ. ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނަށް މެމްބަރުން އިންތިހާބު ކުރަން ތައްޔާރު ވެފައިވާ އިރު، ވެރިކަމުގައި އޮވެމެ ޕާޓީ އޮތީ ރޫޅި، ބައިބައިވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން އެމްޑީޕީގެ އެތެރޭގައި އެބައޮތެވެ.
23 ސެޕްޓެމްބަރ 2021
އެމްޑީޕީގެ ތާރީހުގައި ވެސް މިހާ ވާދަވެރި އިންތިހާބެއް ނާދެ އެވެ. ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނަށް މެމްބަރުން އިންތިހާބު ކުރަން ތައްޔާރު ވެފައިވާ އިރު، ވެރިކަމުގައި އޮވެމެ ޕާޓީ އޮތީ ރޫޅި، ބައިބައިވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން އެމްޑީޕީގެ އެތެރޭގައި އެބައޮތެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ ގައުމީ މަޖިލީހުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައި އޮތީ ވެސް ދެ ރައީސުންގެ މެދުގަ އެވެ. ފާޅުގައި ވިދާޅުނުވި ނަމަވެސް ދެ ބޭފުޅުންގެ އަމާޒަކީ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވުމެވެ.
މި ކެމްޕެއިނުގައި ވެސް ފެންނަނީ އެ މަންޒަރެވެ.
ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލެވިގެން ވަނީ، އެ ޕާޓީ ވެރިކަމުގައި އޮންނަ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.
އެތެރޭގެ އިންތިހާބުތަކުގައި އަބަދުވެސް ފޯރި ނަގާ އެމްޑީޕީގެ މި އިންތިހާބުގެ ކެމްޕެއިން އޮތީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމާއި ރިޔާސީ ނިޒާމުގައި ދެމިތިބުމަށެވެ. އިންތިހާބު އިއުލާނު ކުރުމުގެ މާ ކުރިން ވެސް ގައުމީ މަޖިލީހުގެ ކެމްޕެއިން ކުރިއަށް ގެންދާނީ މި އަމާޒަށް ކަން އޮތީ ސާފުކޮށް ފެންނާށެވެ.
މި އިންތިހާބުގެ ކުރިން، ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، އެ މަނިކުފާނު ބޮޑުވަޒީރު ކަމަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ދެއްވާ ޖަވާބަކީ ރިޔާސީ ނިޒާމުގެ މަތީގައި ފަސް އަހަރު ނިންމައިލުމަކީ ރައްޔިތުން ބޭނުންވި ގޮތް ކަމެވެ.
އެ ނޫން ބަދަލެއް ގެނެވޭނީ އަނެއްކާވެސް ރައްޔިތުން އެދޭ ނަމަ ކަަމަށް ވިދާޅުވެ، އޭގެ ކުރިން އެ މަނިކުފާނުގެ އިސްކަން އޮތީ ވައުދު ފުއްދެވުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ނިޒާމުގެ މައްސަލައިގައި ހިޔާލު ތަފާތުވުން ބޮޑުވެ، ނަޝީދު ވަނީ ރައީސް އިބްރާހިމް ސޯލިހްއާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވި ބައެއް މެމްބަރުން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
މި އިންތިހާބުގައި ނަޝީދުގެ ރުހުން އޮތީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށެވެ. ސާފުކޮށް އެކަން އިއުލާން ވެސް ކުރެއްވުމާ އެކު ބައެއް ކެންޑިޑޭޓުން ނުކުންނެވީ ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރަމުންނެވެ. ބަރުލަމާނީ ނިޒާމު ގެންނަން ގޮވައިލައި ސޮއިކުރަމުން އަންނަ ޕެޓިޝަނުގައިވާ ގޮތަށް އެ ކެންޑިޑޭޓުން ދެކެނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވެފައި އޮތް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ބުނާ ގޮތުގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާނެ ވަގުތެއް ނެތެވެ. މުހިއްމީ ޕާޓީން ވެސް ސަރުކާރަށް އެއްބާރުލުން ދިނުމެވެ. ގައުމީ މަޖިލީސް އެ ފެކްޝަނަށް މުހިއްމު ވަނީ ސަރުކާރުގެ ވައުދުތައް ފުއްދާނެ މަންދޫބުން އެމްޑީޕީގައި ތިބެން ޖެހޭތީ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ.
"ދައުރުގެ ބާކީ އޮތް މުއްދަތުގައި ވެސް ސަރުކާރަށް މުހިއްމީ ވައުދުތައް ފުއްދައިދިނުން. ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީވާނެ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މަންދޫބުން ހުރިހާ ސަރަހައްދަކުން ވެސް ބޭނުންވާތީ އިންތިހާބު މުހިއްމު ވަނީ،" ރައީސްގެ ފެކްޝަން
"ދައުރުގެ ބާކީ އޮތް މުއްދަތުގައި ވެސް ސަރުކާރަށް މުހިއްމީ ވައުދުތައް ފުއްދައިދިނުން. ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެހީވާނެ، ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މަންދޫބުން ހުރިހާ ސަރަހައްދަކުން ވެސް ބޭނުންވާތީ އިންތިހާބު މުހިއްމު ވަނީ،" ރައީސްގެ ފެކްޝަނުގެ ބޭފުޅަކު ވިދާޅުވި އެވެ.
ނަޝީދުގެ އަރިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި ގޮތުގައި އެ ފެކްޝަނަށް އިންތިހާބު މުހިއްމު ވަނީ ޕާޓީގެ އިސްލާހަށެވެ. އެމްޑީޕީ ވަރުގަދަކޮށް، އެކީގައި ނުކުމެ ގައުމުގައި އުފެދިފައިވާ ކޮރަޕްޝަންގެ ވަބާ ނައްތައިލެވޭނީ ޕާޓީގެ އުސޫލުތައް ގަބޫލުކުރާ މެމްބަރުންތަކެއް ގައުމީ މަޖިލީހުގައި ތިބެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވެންޓިލޭޓަރު މައްސަލައިގައި ވެސް ހިންގި ހިޔާނާތް ނުބެލި ލަސްވެފައިވާ ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލަ ވެސް ނުބެލޭ ކަމުގެ ކަންބޮޑުވުން ބޮންޑޭ ފާޅުކުރެއްވި އެވެ.
"މި އިންތިހާބަކީ ކޮރަޕްޝަން ނައްތާލަން ލިބޭ ފުރުސަތެއް،" ބޮންޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަސާސްތަކާއި ވަކާލާތުކުރާ ކަންކަމަށް ތާއީދުނުކުރާ މީހުންނަށް ޕާޓީގެ މުހިއްމު ގުނަވަނަކުން ފުރުސަތުދީގެން ނުވާނެ އެވެ.
އިންތިހާބު ކިތަންމެ ވާދަވެރިޔަސް ރައީސް އިބްރާހިމް ސޯލިހާއި ނަޝީދު ވެސް ފާޅުގައި ނުކުންނަވައި ވަކިވަކި ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރައްވަ އެވެ.
އެކަމަކު މި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްތަކަށް ކުރެއްވި ދަތުރުތަކުގައި ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި އިންތިހާބު މުހިއްމުވާ ސަބަބުތައް ކިޔައިދެއްވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: ގައުމީ މަޖިލީހަކީ އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން. -- ފޮޓޯ/ މިހާރު
އެމްޑީޕީގެ އިންތިހާބުތަކުގައި ކުރިން އެންމެ އާއްމު ޝަކުވާއަކީ ވަކި ކެންޑިޑޭޓުން ހޮވަން ޕާޓީގެ ރައީސް ނަޝީދު ބާރުއަޅުއްވާ ކަމެވެ. އެކަމަކު މި އިންތިހާބުގައި މި ޝަކުވާ މަދުވި އެއް ސަބަބަކީ ދެ ފެކްޝަނަކުން ކެމްޕޭން ކުރެއްވުމުގެ އިތުރަށް ވަކިވަކި ކެންޑިޑޭޓުންގެ ދިފާއުގައި ފާޅުގައި ނަޝީދު ނުނިކުންނެވުމެވެ.
މިއީ، އެމަނިކުފާނުގެ ފެކްޝަނަށް ގައުމީ މަޖިލީހުގެ ކޮންޓްރޯލް ގެއްލުން ކަމަށް ސިފަކުރާ ވާހަކަތަކަށް ޖަވާބު ދެއްވައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ "މެޗު ކުޅެނީ އެމަނިކުފާނު ސިޑިބަރީގައި ބައިންދަވާފައި" ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ކެމްޕޭން ކުރާ މިންވަރަށް ނަޝީދަށް ފުރުސަތު ފަހިވެފައެއް ނެތެވެ.
އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފަރުވާއަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
"ހަމަހަމަ ފުރުސަތެއް ނެތް، މި އިންތިހާބުގައި އޮތީ ސަރުކާރުގެ ނުފޫޒު،" ވައްޑެ ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް ކެމްޕޭނެއް ނުކުރެއްވޭ."
ވައްޑެ ވިދާޅުވީ އިންތިހާބުގެ ކެމްޕޭންގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެ ތެރޭގައި، އެމްޑީޕީއާ ގުޅުމެއް ނެތް ސިޔާސީ ވެރިންގެ ނުފޫޒު ބޮޑުކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް މި އިންތިހާބު މުހިއްމު ވަނީ އެ ޕާޓީން ވަކާލާތުކުރާ އިންސާނީ ހައްގުތަކާއި އަދުލު އިންސާފާއި ހަމަހަމަކަމާއި ލާމަރުކަޒުކުރުން ފަދަ އިންސާފު ހިފެހެއްޓުމަށްޓަކަ އެވެ.
ހަމަހަމަ ފުރުސަތު ނެތް ކަމަށް ނަޝީދު ފެކްޝަނުން ކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށް ކުރިން ވާހަކަ ދެއްކެވި ސަރުކާރު ފަޅީގެ ބޭފުޅާ ވިދާޅުވި އެވެ.
"ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެން ބަރުލަމާނީ އަށް ކެމްޕެއިން އެ ކުރައްވަނީ. އެމްޑީޕީގެ އިންތިހާބުތަކުގައި ވާދަވެރި ކަމަކީ އަބަދުވެސް އޮންނަ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އިންތިހާބު ނިމުނީމާ އަނެއްކާވެސް އެމްޑީޕީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި."
އެމްޑީޕީގެ ޖަލްސާއެއްގައި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ މިހާރު
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ އެތެރޭގެ އިންތިހާބުތަކުގެ އިތުރުން ރިޔާސީ އިންތިހާބާ ދިމާކޮށް އަބަދުވެސް އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ. މި އިންތިހާބަކީ އެ ދެމެދަށް އަންނަ އިންތިހާބެއް ފާހަގަކުރައްވަމުން ވިދާޅުވީ ޕާޓީގެ ތެރޭގައި ސާފު އަޣުލަބިއްޔަތު އޮތް ގޮތް ސާފެވެ. އެކަން ބަދަލުވެދާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"ރައީސް ސޯލިހަށް އޮތް އަޣުލަބިއްޔަތު ގެއްލިގެން ދާނެ ކަހަލަ ވޭވެއް އަޅުގަނޑަކަށް ނުފެނޭ،" ޝަރީފް ވިދާޅުވި އެވެ.
ވައްޑެ އާއި ބޮންޑޭ ގަބޫލުކުރައްވާ ގޮތުގައި ހަމަހަމަ ފުރުސަތެއް ނެތް ކެމްޕެއިނަކަސް އާއްމު މެމްބަރުން ހިފަހައްޓާނީ ޕާޓީގެ އަސާސްތަކެވެ. އެކަން ހިފަހައްޓަވަނީ ޕާޓީގެ ރައީސް ނަޝީދު ފެކްޝަނުން ކަމަށް އެ ދެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. އަދި އެކި ދާއިރާތަކަށް 733 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
ނަޝީދު އެންމެފަހުން ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި
ސަރުކާރުން ލަފާކުރާ ވަރުގެ ތާއީދެއް ނެތް: ނަޝީދު
ރައީސަށް ތުހުމަތުކުރީ ދުވާފަރުން މީހަކު ވަކިކޮށްގެން!
ބަރުލަމާނީގެ ވާހަކައެއް މެނިފެސްޓޯއަކު ނެތް: މަބްރޫކް
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
ކައުންސިލް އިންތިހާބުން ބަލިވީ ސަރުކާރާ ހެދި: ނަޝީދު