Roadha Mihaaru
ޗައިނާގެ އަސްކަރީ ނުފޫޒާ ދެކޮޅު ހެދުމަށް ގޮވާލައިފި

ޗައިނާގެ އަސްކަރީ ނުފޫޒާ ދެކޮޅަށް ޔޫރަޕުން ވާހަކަ ދެއްކުމަށް ޖަޕާނުން ގޮވާލައިފި

23 ސެޕްޓެމްބަރ 2021

ޓޯކިޔޯ (ސެޕްޓެމްބަރު 23) - ޗައިނާގެ އަސްކަރީ ނުފޫޒާ ދެކޮޅަށް ޔޫރަޕުން ވާހަކަ ދެއްކުމަށް ޖަޕާނުން ގޮވާލައިފި އެވެ.

ޓޯކިޔޯ (ސެޕްޓެމްބަރު 23) - ޗައިނާގެ އަސްކަރީ ނުފޫޒާ ދެކޮޅަށް ޔޫރަޕުން ވާހަކަ ދެއްކުމަށް ޖަޕާނުން ގޮވާލައިފި އެވެ.

އަސްކަރީ ގޮތުން ބާރުގަދަ ކުރުމާއި ސައުތު ޗައިނާ ކަނޑުގެ ޖަޒީރާތަކުގެ މިލްކުވެރިކަން ހޯދަން ބެއިޖިން އިން ކުރާ މަސައްކަތް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުން މަސައްކަތް ކުރުމަށް ވެސް ޖަޕާނުން ވަނީ އެދިފަ އެވެ.

ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޖަޕާނުގެ ޑިފެންސް މިނިސްޓަރު ނޮބޯ ކިޝީ ވިދާޅުވީ ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ ގޮތުން ވެސް ޗައިނާގެ ބާރުގަދަވަމުންދާ ކަމަށާއި އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އަށް އޮތް ޖިއޮގްރަފިކަލް ސްޓޭޓަސް ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށެވެ. ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކުގެ މިލްކުވެރިކަން ހޯދަން އެހެން ގައުމުތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

"ޖަޕާނާއި މި ސަރަހައްދުގެ އިތުރުން ބައިނަލްއަގުވާމީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވެސް ކަންބޮޑުވޭ،" ކިޝީ ވިދާޅުވި އެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވި އިރު އެމެރިކާ، އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ގުޅިގެން ވަނީ ސަލާމަތީ އެއްބާރުލުމާ ބެހޭ އިއްތިހާދެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ. އޯކަސް އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ނުފޫޒު ފެތުރުން ހުއްޓުވުން ކަމަށް ވިޔަސް، އޯކަސްގެ އެއްބަސްވުމުގައި އެފަދަ އިބާރާތެއް ނެތެވެ. އޭގެ ބަދަލުގައި އެއްބަސްވުމުގައި މުޅިން ވެސް ހުރީ ސަލާމަތީ ދާއިރާއިންނާއި ދިފާއީ ދާއިރާއިން ތިން ގައުމުގެ މެދުގައި އެއްބާރުލުމާއި އަސްކަރީ ޓެކްނޮލޮޖީ ހިއްސާކުރުމުގެ ވާހަކަތަކެވެ.