Roadha Mihaaru

އެއާޕޯޓުގައި ތިބީ ޓްރާންސިޓަކަށް މަޑުކުރި ޖަޕާނުގެ ސިފައިން

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއިން ފެންނަ ބޭރުގެ ސިފައިންނަކީ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕާނުގެ ސިފައިންތަކެއް އެނގިއްޖެ އެވެ.

އެއާޕޯޓުގައި ތިބީ ޓްރާންސިޓަކަށް އައި ޖަޕާނުގެ ސިފައިން
އިފްރާޒް އަލީ
އިފްރާޒް އަލީ

16 އޮކްޓޯބަރ 2023

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއިން ފެންނަ ބޭރުގެ ސިފައިންނަކީ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕާނުގެ ސިފައިންތަކެއް އެނގިއްޖެ އެވެ.

އެ ވީޑިއޯ އިން ފެންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަނދަރު ސަހަރައްދުގައި، އަސްކަރީ ޔުނިފޯމުގައި ތިބި ގިނަ އަދަދެއްގެ ބޭރުގެ ސިފައިންނެވެ.

އެނގިފައިވާ ގޮތުގައި، އެއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕަނީސް ސެލްފް ޑިފެންސް ފޯސް ބައެކެވެ. އެއީ ރާއްޖޭގައި ހިންގާ އެއްވެސް ތަމްރީނަކަށް އައި ބައެއް ނޫނެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކޮށް އެއީ ރާއްޖެ އައި ޗައިނާގެ ސިފައިންގެ ބައެއް ކަމަށް ބުނެ ވެސް އަޑު ފަތުރާފައިވެ އެވެ.

ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނާ މައްސަލަ އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން އެންމެ ބޮޑުވި އެއް މައްސަލަ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕީޕީއެމް/ޕީއެންސީގެ އެންމެ ބޮޑު ވައުދަކީ ވެސް އެ ޕާޓީތަކުގެ ވެރިކަމުގައި ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ އަސްކަރީ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމެވެ.