Roadha Mihaaru
"ޖާޒިއާ" ގުޅިގެން "މިހާރު" އިން ސާފް ޖާޒީއެއް

ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ޖޯޒީއެއް "މިހާރު" އާއި "ޖާޒިއާ" ގުޅިގެން ލޯންޗުކޮށްފި

24 ސެޕްޓެމްބަރ 2021

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށްގެން ދިވެހި ގައުމީ ޓީމުގެ ސަޕޯޓަރުންނަށް ހާއްސަ ޖޯޒީއެއް، "މިހާރު" އާއި "ޖާޒިއާ" ގުޅިގެން ލޯންޗުކޮށްފި އެވެ.

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށްގެން ދިވެހި ގައުމީ ޓީމުގެ ސަޕޯޓަރުންނަށް ހާއްސަ ޖޯޒީއެއް، "މިހާރު" އާއި "ޖާޒިއާ" ގުޅިގެން ލޯންޗުކޮށްފި އެވެ.

މި ޖޯޒީއަކީ ސާފް ޗެމްޕިއަންޝިޕްގެ ފޯރި އިތުރުކުރުމުގެ ގޮތުން "މިހާރު" އާއި "ޖާޒިއާ" ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭންގެ މުހިންމު ބައެކެވެ.

ގައުމީ ކުލަތަކުން ޑިޒައިންކޮށްފައިވާ މި ޖޯޒީ ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޕްރީ އޯޑާ ކުރުމުގެ ފުރުސަތު އިއްޔެ ހުޅުވާލި ހިސާބުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް "ޖާޒިއާ" ގެ އޮފިޝަލް ވިދާޅުވި އެވެ.

މިހާރު އާއި ޖާޒިއާ ގުޅިގެން ލޯންޗު ކުރި ފޭން ޖޯޒީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން

މިހާރު އާއި ޖާޒިއާ ގުޅިގެން ލޯންޗު ކުރި ފޭން ޖޯޒީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން

މި ޖޯޒީގެ ސައިޒުތައް ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށާއި ބުރުގާ އަޅާ ބޭފުޅުންނަށް ހާއްސަކޮށް އަތް ދިގު ޖޯޒީ ވެސް ލިބެން ހުންނާނެ އެވެ. ޖާޒިއާގެ ވެބްސައިޓުގެ ސާފް ޗެމްޕިއަންޝިޕަށް ހާއްސަ އެޑިޝަންގައިވާ ލިންކު މެދުވެރިކޮށް ޕްރިއޯޑަ ކުރެވޭނެ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ސަޕޯޓަރުންގެ ހާއްސަ ޖޯޒީ އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ޕްރިއޯޑަ ކުރެވޭނެ އެވެ.

ޖާޒިއާ އަކީ ކުޅިވަރު ކިޓް ތައްޔާރުކުރާ ރާއްޖޭގެ އެންމެ މަޝްހޫރު ލޯކަލް ބްރޭންޑެވެ. ދިވެހި ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކަށް ވެސް ޖާޒިއާ އިން ކިޓް ފޯރުކޮށްދެ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މެޗު ޝެޑިއުލް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ރާއްޖެ

- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ

ފަސް ޓީމު ވާދަކުރުމުން، މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.