Roadha Mihaaru
ސަޕޯޓަރުންގެ ޖާޒީ ހަވާލުކުރުން މިއަދު ހަވީރު

ސަޕޯޓަރުންގެ ޖާޒީ ހަވާލުކުރުން މިއަދު ހަވީރު

01 އޮކްޓޯބަރ 2021

"މިހާރު" އާއި "ޖާޒިއާ" ގުޅިގެން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ތައާރަފުކުރި ސަޕޯޓަރުންގެ ޖާޒީ ޕްރީ އޯޑަރުކުރި މީހުންނާ ޖާޒީ ހަވާލު ކުރުން މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ގިނަ ބަޔަކު މި ޖާޒީ އަށް ޕްރީ އޯޑަރުކުރި ނަމަވެސް މިހާތަނަށް އެ ނުގެންދާ މީހުންނަށް ޖާޒީ ދޫކުރުން އޮންނާނީ މިއަދުގެ ހަވީރު 5 އިން ރޭގަނޑު 7 ޖަހަންދެންނެވެ. މި އިވެންޓްގައި ޖާޒީ ވިއްކުން ވެސް އޮންނާނެ އެވެ.

"ޖާޒިއާ" އަކީ ކުޅިވަރު ކިޓް ތައްޔާރުކުރާ ރާއްޖޭގެ އެންމެ މަޝްހޫރު ލޯކަލް ބްރޭންޑެވެ. ދިވެހި ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކަށް ވެސް "ޖާޒިއާ" އިން ކިޓް ފޯރުކޮށްދެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ފަސް ޓީމު ވާދަކުރުމުން، މުބާރާތް ކުރިއަށް ގެންދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޫބަރު 16 ގަ އެވެ.