Roadha Mihaaru
ސާފްގެ ސަޕޯޓަރުންގެ ޖޯޒީ އަށް ބޮޑު ތަރުހީބެއް

"މިހާރު" އާއި "ޖާޒިއާ" ގުޅިގެން ލޯންޗުކުރި ސަޕޯޓަރުންގެ ޖޯޒީއަށް ބޮޑު ތަރުހީބެއް

28 ސެޕްޓެމްބަރ 2021

އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް، "މިހާރު" އާއި "ޖާޒިއާ" ގުޅިގެން އުފެއްދި ޖޯޒީ އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޖާޒިއާ އިން ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް، "މިހާރު" އާއި "ޖާޒިއާ" ގުޅިގެން އުފެއްދި ޖޯޒީ އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޖާޒިއާ އިން ބުނެފި އެވެ.

ޕްރީ އޯޑާ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލުމުން، ފުރަތަމަ 48 ގަޑިއިރު ތެރޭގައި 1،000 މީހުން ޕްރީ އޯޑާ ކުރި ކަމަށް ޖާޒިއޯގެ އޮފިޝަލަކު ބުންޏެވެ.

މި ޖޯޒީއަކީ ސާފް ޗެމްޕިއަންޝިޕުގެ ފޯރި އިތުރުކުރުމުގެ ގޮތުން "މިހާރު" އާއި "ޖާޒިއާ" ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭންގެ މުހިންމު ބައެކެވެ.

ގައުމީ ކުލަތަކުން ޑިޒައިން ކޮށްފައިވާ މި ޖޯޒީ ޕްރީއޯޑާ ކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ.

މި ޖޯޒީގެ ސައިޒުތައް ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށާއި ބުރުގާ އަޅާ ބޭފުޅުންނަށް ހާއްސަކޮށް އަތް ދިގު ޖޯޒީ ވެސް ލިބެން ހުންނާނެ އެވެ. ޕްރީއޯޑާ ކުރުމަށް ޖާޒިއާގެ ވެބްސައިޓްގެ ސާފް ޗެމްޕިއަންޝިޕަށް ހާއްސަ އެޑިޝަންގައިވާ ލިންކު މެދުވެރިކޮށް ކުރެވޭނެ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ސަޕޯޓަރުންގެ ހާއްސަ ޖޯޒީ ތިރިގައިވާ ލިންކް މެދުވެރިކޮށް ޕްރިއޯޑަ ކުރެވޭނެ އެވެ.

ޖާޒިއާ އަކީ ކުޅިވަރު ކިޓް ތައްޔާރުކުރާ ރާއްޖޭގެ އެންމެ މަޝްހޫރު ލޯކަލް ބްރޭންޑެވެ. ދިވެހި ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކަށް ވެސް ޖާޒިއާ އިން ކިޓް ފޯރުކޮށްދެ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މެޗު ޝެޑިއުލް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ރާއްޖެ

- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ

ފަސް ޓީމު ވާދަކުރުމުން، މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ.