Roadha Mihaaru
ޝަމީތާގެ ބައިވެރިޔަކީ ރާގޭޝް

ޝަމީތާގެ ބައިވެރިޔަކީ ރާގޭޝް

26 ސެޕްޓެމްބަރ 2021

ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހަފުތާގައި ނިންމައިިލި ކަލާޒްގެ "ބިގް ބޮސް" ގެ ސްޓްރީމިން ޝޯއިންނެވެ. އޭގައި އޭނާ ވާދަކުރި އިރު، ޝަމީތާއާ ބެހޭ ގޮތުން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އަކީ ޝޯގައި ވާދަކުރި އެކްޓަރު ރާގޭޝް ބަޕަޓް އާއި ޝަމީތާއާ ދޭތެރޭ ހާއްސަ ގުޅުމެއް އޮތް ވާހަކަ އެވެ. އެފަދަ އެތައް މަންޒަރެއް ވެސް ކަރަން ޖޯހަރް ހޯސްޓްކުރި "ބިގް ބޮސް ވޫޓް" އިން ފެނިގެން ދިޔަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހަފުތާގައި ނިންމައިިލި ކަލާޒްގެ "ބިގް ބޮސް" ގެ ސްޓްރީމިން ޝޯއިންނެވެ. އޭގައި އޭނާ ވާދަކުރި އިރު، ޝަމީތާއާ ބެހޭ ގޮތުން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އަކީ ޝޯގައި ވާދަކުރި އެކްޓަރު ރާގޭޝް ބަޕަޓް އާއި ޝަމީތާއާ ދޭތެރޭ ހާއްސަ ގުޅުމެއް އޮތް ވާހަކަ އެވެ. އެފަދަ އެތައް މަންޒަރެއް ވެސް ކަރަން ޖޯހަރް ހޯސްޓްކުރި "ބިގް ބޮސް ވޫޓް" އިން ފެނިގެން ދިޔަ އެވެ.

އެ މީހުންގެ އިންސްޓަގްރާމްގައި ވެސް އެ ޝޯގެ އެކިއެކި "މޮމެންޓްތައް" ވެސް ޕޯސްޓްކޮށްފައިވެ އެވެ. އަދި ދެ މީހުންގެ އަތްތިލަ ގުޅުވާލަފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް ވެސް "ޔޫ އެންޑް އައި" ޖަހައި ހިތް އިމޯޖީއަކާ އެކު ރާގޭޝްގެ އިސްޓަގްރާމް ސްޓޯރީގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ޝަމީތާ އާއި ރާގޭޝް ގުޅުން މިހާރު ވަރަށް ސީރިއަސް އެވެ. އަދި އެ ދެ މީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ގަދަވެފައި މި ވަނީ ހުކުރު ދުވަހުގެ ރޭ އެކީގައި މުމްބާއީން ފެނުމާ ގުޅިގެންނެވެ. ބައެއް މީޑިއާތަކުން ބުނީ ދެ މީހުން އެކީގައި ފެނުނީ ޑިނާ ޑޭޓަކަށް ނުކުމެ އުޅެނިކޮށް ކަމަށެވެ. ދެ ތަރިން ކެމެރާތަކަށް ހުއްޓި ފޮޓޯ ވެސް ނަގަން ފުރުސަތު ދިނެވެ.

އެ ފޮޓޯތަކުގައި ޝަމީތާ ފެނުނީ ވަރަށް އުފަލުން ހުއްޓަ އެވެ. އޭނާ ހުރީ ޕީޗް މަޑު މުށި ކުލައިގެ ހެދުމެއްގަ އެވެ. ރާގޭޝް ލައިގެން ހުރީ ކަޅު ކުލައިގެ ގަމީހަކާއި ނޫ ޖުލައިގެ ޖީންސެކެވެ.

ރާގޭޝް އާއި ޝަތީމާގެ ލޯބީގެ ވާހަކަ ގަދަވެފައިވާ އިރު "ބިގް ބޮސް ވޫޓް" ގެ ތެރޭގައި ޝޯގެ އެހެން ބައިވެރިޔަކާ ދެއްކި ވާހަކަތަކެއްގައި އޭނާ ބުނެފައި ވަނީ ކުރިން ސީރިއަސްކޮށް ރައްޓެހިވެގެން އުޅުނު މީހާ ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ ކަމަށެވެ. އެހެންވެ އޭގެ ފަހުން އެއްވެސް މީހަކާ ސީރިއަސް ލޯބީގެ ގުޅުމެއް ނުބާއްވާ ކަމަށާއި ލޯތްބާ ދޭތެރޭ މާ ބޮޑަށް ނުވެސް ވިސްނާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ރާގޭޝްއާ ދިމާވި ފަހުން ލޯތްބާ ދޭތެރޭ އުންމީދީ ނަޒަރަކުން ދެކެވެން ފެށި ކަމަށާއި އެއަށް ލޯބި ވެސް ކީ ދާނެ ކަމަށް ޝަމީތާ ބުންޏެވެ.

ފަހަކަށް އައިިސް މުޅިން ޓީވީ ސިލްސިލާތަކުން ފެންނަ ރާގޭޝް، 43، އަކީ އަލަތު ކައިވެނި ރޫޅިފައިވާ އެކްޓަރެކެވެ. އޭނާ ކައިވެނިކުރީ ޓީވީ ބަތަލާ ރިދީ ޑޯގްރާއާ އެވެ. ސްޓާ ޕްލަސް އިން 2010-2012 އަށް ގެނެސްދިން "މަރިއާދާ: ލޭކިން ކަބް ތަކް؟" އަކީ ރާގޭޝް އާއި ރިދީ އެކީގައި ކުޅުނު ސިލްސިލާ އެކެވެ. އެ ދެ މީހުން ކައިވެނިކުރީ 2011 ގަ އެވެ. އަދި ކައިވެނި ރޫޅުނީ މިދިޔަ އަހަރު އެވެ.

ރާގޭޝް އަކީ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ 2001 ގެ "ތުމް ބިން" އާއި 2002 ގެ "ދިލް ވިލް ޕިޔާރު ވިޔާރު" އެވެ.

ބޮލީވުޑުން ކުރިއެރުމެއް ނުލިބި ކެރިއަރު ވަރަށް ފަނޑު ބަތަލާއެއްގެ ގޮތުގައި ފާހަގަކުރެވުނު ޝަމީތާ، 42، ބޮލީވުޑަށް ނުކުތީ ބޮޑު ކާސްޓަކާ އެކު ގެނެސްދިން 2000 ވަނަ އަހަރުގެ "މޮހައްބަތޭން" އިންނެވެ. އެ ފިލްމުގެ ފަހުން އޭގެ ކޯ-ސްޓާރު އުދޭ ޗޯޕްޅާ އާއި ޝަމީތާ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އަންނަ މަހުގެ 2 ގައި ކަލާޒް އިން ފަށާ "ބިގް ބޮސް 15" އިން އަނެއްކާ ވެސް ޝަމީތާ ފެންނާނެ އެވެ.