Roadha Mihaaru
އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި

28 ސެޕްޓެމްބަރ 2021

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

ގައުމީ ފިކުރުގެ ގޮތުގައި ކުރިއަރުވާ އެމްއެންޕީން މި މަހު 17 ވަނަ ދުވަހު ވަނީ 5،000 މެންބަރުންގެ ސޮޔާއެކު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އީސީގައި އެދިފަ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު" އަށް ވިދާޅުވީ ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަ ނޫނީ ނިސްބަތުން ވަރަށް މަދު ފޯމެއް ކަމަށާއި އެ ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 0.01 ޕަސަންޓު ފޯމެއް ސައްހަ ނޫނީ. އެހެންވެ ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ ހުއްދަ ވާނީ ދީފައި،" ހަބީބު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދިނުމަށް ފަހު އީސީން ރަސްމީކޮށް އެ ޕާޓީ ރަޖިސްޓާ ކޮށްދެނީ ކޮންގްރެސް ބާއްވާ، ޕާޓީގެ އަސާސީ ގަވައިދާ ލޯގޯ އަދި އެހެނިހެން ކަންކަން ފާސް ކުރުމުންނެވެ.

އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެކެވެ.

އެ ޕާޓީން އަމާޒު ހިފާފައި ވަނީ މި އަހަރު ނިމޭއިރު 10،000 މެންބަރުން ހަމަ ކުރުމެވެ. އެ ޕާޓީގެ އަމާޒަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމެވެ.