ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ބަދަލުކުރި މައްސަލާގައި އެމްއެންޕީ ހާޒިރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
09 ޖޫން 2022
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ބަދަލުކުރި މައްސަލާގައި އެމްއެންޕީ ހާޒިރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ހިމެނޭ ފިއްޓެ އެމްއެންޕީ އަށް ބަދަލުކުރި މައްސަލަ ފެންމަތިވީ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގަ އެވެ.
ފިއްޓެ "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި އެއީ އޭނާ އަށް އެނގިވަޑައިގެން ހިންގާފައިވާ ކަމެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި ފިއްޓެގެ ނަމުގައި ހުށަހަޅާފައިވާ ފޯމުގައި އޭނާގެ އައިޑީކާޑުގެ މައުލޫމާތުތަކާއި ސޮއި ވެސް ދިމާވެ އެވެ. އަދި ފޯމާއެކު އޭނާގެ އައިޑީކާޑުގެ ކޮޕީއެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
ފިއްޓެ، އެމްއެންޕީ އަށް ސޮއިކުރެއްވި ކަމަށް ހެކިވާ ދެ ހެކިންގެ ވަނަވަރާއި ސޮއި އަދި އެ ޕާޓީގެ ފަރާތުން އެ ފޯމަށް ޒިންމާވާނެ މުއައްޒަފެއްގެ ނަމާއި ސޮއި ވެސް އެ ފޯމުގައި ވެ އެވެ.
ފިއްޓެގެ އިނގިލީގެ ނިޝާން ކަމަށް ބެލެވޭ އިނގިލީގެ ނިޝާނެއް ވެސް ވަނީ އެ ފޯމުގައި ޖަހައިފަ އެވެ. ނަމަވެސް އެއީ އޭނާގެ އިނގިލީގެ ނިޝާންތޯ ކަށަވަރު ކުރެވޭނެ ވަސީލަތެއް އީސީގައި ނެތް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އީސީން އެ މައްސަލަ ބަލަން ފަށާފައިވާއިރު އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ "ވަގު ފޯމު" ހުށަހެޅި މައްސަލާގައި ޖަވާބުދާރީވުމަށް އަންނަ އާދީއްތަ ދުވަހު އެ ކޮމިޝަނަށް ހާޒިރުވާން އެމްއެންޕީ އަށް އަންގާފައިވާ ކަމަށެވެ.
އެހެންވެ، އީސީން ނިންމާފައި ވަނީ އެ ފޯމުގައި ސޮއިކޮށްފައިވާ ހުރިހާ އެންމެން ހާޒިރުކޮށް، އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމަށެވެ. އަދި އެ މައްސަލަ ބަލައި ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ.ގެ ޖޫރިމަނާ
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
ވަގު ފޯމުގެ މައްސަލަ ޕީޖީން ނުބަލާތީ ކަންބޮޑުވުން!
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
ފިއްޓޭގެ ނަމުގައި ވަގު ފޯމު ހުށަހެޅި މީހުންނަށް ފިޔަވަޅު އަޅަނީ
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
ފިއްޓެއަށް ނޭނގި ޕީއެންސީއަށް، ގޮނޑިއާމެދު ސުވާލެއް!
ނޭނގި ޕާޓީ ބަދަލުކުރާކަމުގެ ޝަކުވާ ލިބިފައިވޭ: އީސީ