28 ސެޕްޓެމްބަރ 2021
އާއްމުކޮށް އިއުލާނުކުރުމަކާ ނުލައި އެއް މިލިޔަން ރުފިޔާގެ މަސައްކަތެއް، ބަޔަކާ ހަވާލުކުރި މައްސަލައެއްގައި ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުއަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އާއްމުކޮށް އިއުލާނުކުރުމަކާ ނުލައި އެއް މިލިޔަން ރުފިޔާގެ މަސައްކަތެއް، ބަޔަކާ ހަވާލުކުރި މައްސަލައެއްގައި ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުއަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މިއީ ވެމްކޯ އިން ބޭނުންކުރަމުން އަންނަ "ވެށިފާރަ" ސޮފްޓްވެއާ އަކީ އިއުލާނު ކުރުމެއް ނެތި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބޭނުންވާ ލޯކަލް ސޮފްޓްވެއާ ޑިވެލޮޕަރަކާ ހަވާލުކޮށްގެން އެއް މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކޮށްގެން ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއާއެއް ކަމަށް ބުނެ ހުށަހެޅުމުން އޭސީސީން ބެލި މައްސަލައެކެވެ.
އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ މުހައްމަދު ޝިފާއުގެ މައްޗަށް ކުރުމަށެވެ.
އޭސީސީން ބުނީ ވެމްކޯއަށް ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް (ވެށިފާރަ ސޮފްޓްވެއާ) ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިއުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ. އެ ކުންފުންޏާ ޝިފާއުއާ ގާތް ގުޅުމެއް އޮންނަކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި މިކަން ކޮށްފައިވަނީ ވެމްކޯގެ ޕްރޮކިއުމެންޓް ޕޮލިސީއާ ހިލާފަށެވެ.
އެހެންވީީމާ އެއީ ޝިފާއު އާއި ނޮނި ސޮލިއުޝަންގެ ވެރިފަރާތާ ދެމެދު އޮތް ގާތް ގުޅުމެއްގެ ތެރެއިން ނާޖާއިޒްް ފައިދާ ހޯދައިދޭން ކޮށްފައިވާ ކަމެއްކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާގެ މައްސަލަ ޕީޖީއަށް