Roadha Mihaaru
އެވަޓަން އިން ޔުނައިޓެޑް ހިފަހައްޓައިފި

އޯލްޑް ޓްރެފޯޑުގައި އެވަޓަން އިން ޔުނައިޓެޑް ހިފަހައްޓައިފި

02 އޮކްޓޯބަރ 2021

މެންޗެސްޓާ (އޮކްޓޯބަރު 2) - އޯލްޑް ޓްރެފޯޑުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑުން އެވަޓަންއާ ވާދަކުރި ޕްރިމިއާ ލީގުގެ މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޮކްޓޯބަރު 2) - އޯލްޑް ޓްރެފޯޑުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑުން އެވަޓަންއާ ވާދަކުރި ޕްރިމިއާ ލީގުގެ މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މި މެޗަށް ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ނެރުނު ފުރަތަމަ އެގާރައިގައި ޕޯލް ޕޮގްބާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފައެއް ނުވެ އެވެ. ރޮނާލްޑޯ ވަނީ އެންމެ ފަހުން އެޓީމު ކުޅުނު މެޗުގައި ވިލަރެއާލް ކޮޅަށް "ފާގީ ޓައިމް" ގައި ގޯލެއް ޖަހައިދީ ޓީމު މޮޅުކޮށްދީފަ އެވެ. ބަދަލުގައި ފެށީ އެންތަނީ މާޝިއަލް އާއި އެޑިންސަން ކަވާނީ އަރުވައިގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފްގެ 43 ވަނަ މިނިޓުގައި ޔުނައިޓެޑަށް މި ލަނޑު ޖަހައިދިނީ މާޝިއަލް އެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހު ލީގުގައި ސައުތެމްޓަން ކޮޅަށް ޖެހި ދެ ގޯލަށް ފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެން 12 މިނިޓު ފަހުން ކަވާނީ އާއި މާޝިއަލްގެ ބަދަލުގައި ސޯލްޝެއާ ވަނީ ޖޭޑަން ސަންޗޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އަރުވައިފަ އެވެ. އެވަޓަން އިން އެއްވަރުކުރީ 65 ވަނަ މިނިޓުގައި ޑޮކޫރޭގެ އެހީތެރިކަމާއެކު އެންޑްރޮސް ޓައުންސެންޑް ޖެހި ލަނޑުންނެވެ. އަދި މި ލަނޑު ޖަހާފައި ޓައުންސެންޑް އުފާފާޅުކުރީ ރޮނާލްޑޯގެ "ސިއޫ" ސްޓައިލުގަ އެވެ.

މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް އެވަޓަން އިން ނެގި ކޯނަރެއްގައި އެޓީމުގެ ޑިފެންޑަރު ޔެރީ މިނާ ބޮލުން ގޯލެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.