Roadha Mihaaru
އެމްއެސް އެޕުން މެޗު ބަލަން އުރީދޫން ސަބްސްކްރިޕްޝަން

މީޑިއާނެޓް މަލްޓިސްކްރީނުން މެޗު ބަލަން އުރީދޫން ސަބްސްކްރިޕްޝަން ހިލޭ

07 އޮކްޓޯބަރ 2021

މީޑިއާނެޓުގެ މަލްޓި ސްކްރީން (އެމްއެސް) މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫން ހިލޭ ސަބްސްކްރިޕްޝަން ދޭން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މީޑިއާނެޓުގެ މަލްޓި ސްކްރީން (އެމްއެސް) މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫން ހިލޭ ސަބްސްކްރިޕްޝަން ދޭން ފަށައިފި އެވެ.

އުރީދޫ އާއި މީޑިއާނެޓާ ދެމެދު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން އުރީދޫ ފްލިކްސްގެ 250 ޕެކުގެ ތެރޭގައި މަލްޓި ސްކްރީން ސަބްސްކްރިޕްޝަން ހިމެނޭނެ އެވެ. އަދި މެޗުތައް ބަލާލަން ކޮންމެ ކަސްޓަމަރަކަށް ވެސް 20ޖީބަިގެ ޑޭޓާ ލިބޭނެ އެވެ.

މަލްޓި ސްކްރީން އެޕް މެދުވެެރިކޮށް މެޗުތަކުގެ އިތުރުން ނެޓްފްލިކްސް އާއި އައި ފްލިކްސް އާއި ޓިކްޓޮކާއި ސައުންޑް ކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުން ކުރެވޭނެ އެވެ. މި ޕެކަކީ 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭ ޕެކެކެވެ.

އުރީދޫން ވަނީ ފުޓްބޯޅައަށް ލޯބިކުރާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުން، އެ ކުންފުނީގެ ބައެއް ޕެކޭޖުތައް އަލަށް ނަގާ ކަސްޓަމަރުންނަށް މަލްޓި ސްކްރީން އެޕަށް ސަބްސްކްރައިބް ކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ. އެގޮތުން، އާޗާ ޕްރިޕެއިޑް 750 އާއި އަޗާ ޕޯސްޓްޕެއިޑް 1000 އާއި އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑް 1499 އަދި 1999 ޕެކޭޖުގެ އިތުރުން ސުޕަނެޓް 50އެމް އަދި 100އެމް އަލަށް ނަގާ ކަސްޓަމަރުންނަށް ސަބްސްކްރައިބް ކުރަން ޕްރޯމޯ ކޯޑެއް ލިބޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިއީ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަަލް ސްޕޮންސަރުގެ ހައިސިއްޔަތުން ދިވެހިންނަށް ކޮންމެ ތަނެެއްގައި ތިބެގެންވެސް މެޗު ބަލާލުމިގެ ފުރުސަތު ފަހި ކޮށްދިނުމަށް ތައާތރަފު ކުރި ހިދުމަތެއް ކަމަށެވެ.

"މުބާރަތުގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް މެޗުތައް ލައިވްކޮށް، ކޮންމެ ތާކުތިބެގެންވެސް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުން. މީޑިއާނެޓް ގެ އެމް އެސް އެޕް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިލޭ ސަބްސްކްރިޕްޝަން އާއިއެކު ހުރިހާ މެޗެއްވެސް ކޮންމެތާކު ތިބެގެންވެސް ބަލައިލެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

މަލްޓި ސްކްރީން އެޕަކީ ހަބަރާއި މުނިފޫހިފިލުމުގެ ޕްރޮގްރާމްތަކާއި ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށް ވެސް ބަލާލެވޭ ޕްލެޓްފޯމެކެވެ.