Roadha Mihaaru
ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހިއްޖެ

ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހިއްޖެ

05 ޑިސެމްބަރ 2016

ޗެންނާއީ (ޑިސެމްބަރު 5) - ދެކުނު އިންޑިއާގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ޖަޔަރަމް ޖަޔަލަލިތާ އަށް ރޭ ހާޓް އެޓޭކެއް ޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޗެންނާއީ (ޑިސެމްބަރު 5) - ދެކުނު އިންޑިއާގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ޖަޔަރަމް ޖަޔަލަލިތާ އަށް ރޭ ހާޓް އެޓޭކެއް ޖެހިއްޖެ އެވެ.

ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ޗެންނާއީގައި އެކަމަނާ އަށް ފަރުވާ ދޭ ހޮސްޕިޓަލުގެ ބޭރަށް އެތައް ބަޔަކު ވަނީ ޖަމާވެފަ އެވެ. ވޭތުވެދިޔަ މަސްތަކުގައި ފަރުވާ ހޯދަމުން ދިޔަ ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހުނު ޚަބަރާ ގުޅިގެން އެކަމަނާގެ ސިއްހީ ހާލަތާ މެދު އެތައް ސުވާލުތަކެއް އަނެއްކާ ވެސް ވަނީ އުފެދިފަ އެވެ.

ޖަޔަލަލިތާ އަށް ފަރުވާ ދޭ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުން ބުނެފައި ވަނީ އެކަމަނާ އަށް ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ޑޮކްޓަރުންގެ ޚާއްސަ ޓީމަކުން މިހާރު މޮނިޓާ ކުރަމުންދާ ކަމަށެވެ.

ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހުނު ޚަބަރާ ގުޅިގެން ގިނަ ބަޔަކު ވަނީ އެޕޯލޯ ހޮސްޕިޓަލުގެ ބޭރަށް ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހުނު ޚަބަރާ ގުޅިގެން ގިނަ ބަޔަކު ވަނީ އެޕޯލޯ ހޮސްޕިޓަލުގެ ބޭރަށް ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރުކަން ތިން ފަހަރެއްހެ މަތިން ކުރައްވާފައިވާ ޖަޔަލަލިތާ އެންމެ ފަހުން އާއްމުންނަށް ފެނިފައި ވަނީ މިިދޔަ ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން އެކަމަނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ނަމަވެސް ބައްޔާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ. ޖަޔަލަލިތާ އަކީ ދެކުނު އިންޑިއާގައި ވަރަށް މަގްބޫލް މީހެކެވެ. އެކަމަނާ މަޝްހޫރުވެފައި ވަނީ ވެސް އައްމާ (މަންމަ) ގެ ނަމުންނެވެ. އެހެންވެ ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. ޖަޔަލަލިތާގެ ގެ އާއި ހޮސްޕިޓަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން މިހާރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.