Roadha Mihaaru
ތަފާތު އެއްޗަކަށް ނަމަ "ހަމް ދޯ ހަމާރޭ ދޯ"

ތަފާތު އެއްޗެއް ބަލަން ބޭނުން ނަމަ "ހަމް ދޯ ހަމާރޭ ދޯ"

13 އޮކްޓޯބަރ 2021

ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މި މަހުގެ ގެނެސްދޭން އޮތް އެންމެ ހާއްސަ އެއް ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ހަމް ދޯ ހަމާރޭ ދޯ" އެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ މި ފިލްމު މި މަހުގެ 29 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މި މަހުގެ ގެނެސްދޭން އޮތް އެންމެ ހާއްސަ އެއް ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ހަމް ދޯ ހަމާރޭ ދޯ" އެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ މި ފިލްމު މި މަހުގެ 29 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރާނެ އެވެ.

ތަފާތު ފިލްމެއް ބަލައިލަން ބޭނުން ނަމަ މިއީ ކޮންމެހެން ވެސް ބަލާލަން ރަނގަޅު ފިލްމަކަށް ވާނެ އެވެ. "ހަމްދޯ ހަމާރޭ ދޯ" އަކީ ތަފާތު ކޮންސެޕްޓެކެވެ.

ރާޖްކުމާރު ރާއޯ އާއި ކްރިތީ ސެނަން ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި ދައްކުވައި ދޭނީ ޒުވާން ދެމަފިރިއަކު ދަރިޔަކު ހޯދުމުގެ ބަދަލުގައި ދުވަސްވީ ދެ މީހަކު އެޑޮޕްޓް ކޮށްގެން އެ މީހުން މައިންބަފައިންގެ ގޮތުގައި ގެންގުޅެން ފެށުމުން އެ ހަތަރު މީހުންގެ މެދުގައި ހިނގާ މަޖާ ހެއްވާ ހާދިސާތަކެވެ.

"ހަމް ދޯ ހަމާރޭ ދޯ" ގައި ރާޖާއި ކްރިތީ ފިޔަވައި ދެން އެންމެ މުހިއްމު ރޯލްތަކުން ފެންނާނީ ޕަރޭޝް ރާވަލާއި ރަތުނާ ޕަތަކް ޝާހް އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި އަޕަރްޝަކްތީ ކްރާނާ އާއި މަނޫ ރިޝީ ޗައްޑާ އަދި ޕްރާޗީ ޝާހް ޕާންޑިއާ ހިމެނެ އެވެ.

ދެހާސް ސަތާރައިގެ "ބެރިލީ ކީ ބަރްފީ" އަށް ފަހު ރާޖާއި ކްރިތީ އެކީގައި ކުޅުނު ދެވަނަ ފިލްމު "ހަމް ދޯ ހަމާރޭ ދޯ" އަކީ އަބީޝެކް ޖެއިން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމަކީ މެޑޮކް ފިލްމްސް އިން މި އަހަރު ގެނެސްދޭ ހަތަރު ވަނަ ފިލްމެވެ. އެ ސްޓޫޑިއޯ އިން އެންމެ ފަހުން ގެނެސްދިނީ މި މަހުގެ 1 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ޝިއްދަތު" އެވެ. ކުރިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ނެޓްފްލިކްސް އިން ޖުލައި މަހު ޕްރީމިއާކުރި ކްރިތީގެ "މިމީ" އާއި ސިނަމާތަކުގައި މާޗް މަހު އެޅުވި ރާޖާއި ޖާންވީ ކަޕޫރްގެ "ރޫހީ" ހިމެނެ އެވެ.

މެޑޮކް އަކީ "ބަދުލާޕޫރް" އާއި "އިސްތިރީ" އާއި "ހިންދީ މީޑިއަމް" އަދި "ބާލާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ސްޓޫޑިއޯ އެވެ.